އެހެން ބައެއްގެ ސަގާފަތް ކިޔަން އެދޭ މީހާ އާއި އެ ދިރާސާކުރަން އެދޭ މީހާ، ފުރަތަމަ ދެނެގަންނަންޖެހެނީ ތިމާގެ ސަގާފަތް ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެއެވެ. . ވިލާ ކޮލެޖްގެ ސެންޓަރ ފޮރ ފައުންޑޭޝަން ސްޓަޑީޒް އިން ބޭއްވި “މަލްޓި ކަލްޗަރަލް ނައިޓް” ގައި ރޭ ދެއްކެވި ވާހަކަފުޅުގައި ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވީ ތިމާގެ ސަގާފަތް ތިމާއަށް ރަނގަޅަށް އެނގުނު ވަރަކަށް، އޭގެ މާނަ ފުންވި ވަރަކަށް ތިމާއަށް އެހެން ސަގާފަތްތަކުން މާނަތައް ލިބެން ފަށާ ކަމަށެވެ. އަދި ސަގާފަތަކީ ލޮލަށް އޮންނަ އެއްޗެއް ނޫންކަމަށާއި އެއީ ސިކުނޑިއަށް އަދި ފިކުރަށް އޮންނަ އެއްޗެއް ކަމަށް ވިދާޅުވިއެވެ. އަދި ލޮލަށް ފެންނަނީ އެއިން ބޭރަށް އަންނަ އެއްޗެއް ކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، އެހެންވުމުން އޭގަ މާނައެއް އޮންނާނެ ކަމަށާއި ސަގާފަތުގެ މާނަތައް ދަސްކުރެވޭ އިލްމުތަކުގެ އަލީގައި މީހުން ވަރަށް ފުންކޮށް ސަގާފަތާ މެދު ވިސްނާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ތިމާގެ ސަގާފަތް ތިމާއަށް ރަނގަޅަށް އެނގި، އޭގެ މާނަ ފުންވި ވަރަކަށް ތިމާއަށް އެހެން ސަގާފަތްތަކުން މާނަތައް ލިބެންފަށާނެ ކަމަށެވެ.

”ސަގާފަތަކީ ލޮލަށް އޮންނަ އެއްޗެއް ނޫން . އެއީ ސކުނޑިއަށް އަދި ފިކުރަށް އޮންނަ އެއްޗެއް. އަދި ލޮލަށް ފެންނަނީ އެއިން ބޭރަށް އަންނަ އެއްޗެއް. އެހެންވީމަ އޭގަ މާނައެއް އޮންނާނެ.

ނަސީރު އިތުރަށް ވިދާޅުވީ، އެގޮތަށް މާނަ ނަގައިގެން ކިޔަން ނޭންގޭނަމަ، މައްސަލަތައް ދިމާވާ ކަމަށެވެ. ''މާނަ ނަގައިގެން ކިޔަން ނޭނގެންޏާ ދިމާވެދާނެ އެއް ކަމަކީ ބައެއް ސަގާފަތްތައް މާ ރީތިވެގެން، ތިމާގެ އަސްލުން ގެއްލިގެން އޭގެ އޮއިގައި ޖެހިގެންދިއުން'' އަނެއް ގޮތަކީ ބައެއް ސަގާފަތްދެކެ ނުރުހުންވެ އިލްމީ ނަރަޒަރަކުން އެއަށް ބަލަން ނޭނގުން ކަމަށާއި މި ދެ ގޮތްވެސް ގޯސް' ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ، މި ކަންކަމުން ސަލާމަތްވެ ތިމާ އެހެން ސަގާފަތްތަކާ އެކު ތިމާގެ ސަގާފަތުގައި ދިރިއުޅޭނީ ކިހިނެއްތޯ ވިސްނުން އެއީ މުހިންމު ކަމެއް ކަމަށެވެ. އަދި ވަޒީރު ވަނީ ދިވެހީންގެ މުއްސަނދި ސަގާފަތް ދިރާސާކޮށް އެއާއެކު އުޅޭ ބަޔަކަށް ދަރިވަރުން ވުމަށް އިލްތިމާސް ކުރައްވާފައެވެ.