އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަން ކޮށްފައިވާ ފަރާތްތަކަށްވެސް ރިޓަޔަރ ވެވޭގޮތަށް އެކޮމިޝަނުން އެކުލަވާލި ގަވާއިދު ބާޠިލްކޮށްފިއެވެ.
ކޮމިޝަންގެ މެމްބަރުންނަށް އިނާޔަތާއެކު ރިޓަޔަރ ކުރެވޭގޮތަށް ގަވައިދު އިސްލާހު ކުރިކަން ހާމަކުރީ، އެކޮމިޝަނުގެ ނައިބު ރައިސްކަމުގެ މަގާމްގައި ހުންނެވި އިސްލާއިލް ހަބީބުގެ މެމްބަރުކަމުގެ ދައުރު ހަމަވީ ގަވައިދު އިސްލާހު ކުރި ދުވަހުއެވެ. އީސީއިން މިއަދު ބުނީ މުވައްޒަފުންނާއި ކޮމިޝަންގެ މެމްބަރުންނަށް މުސާރަ އާއި އިނާޔަތްތަކާއި އިތުރުގަޑީގެ ފައިސާ ދެވޭ ގޮތަށް ކޮމިޝަންގެ ގަވާއިދަށް މިިދިޔަ ފެބްރުއަރީ 28 ގައި ގެނައި ބަދަލު ބާތިލްކޮށްފައިވާކަމަށެވެ. އީސީގެ މެމްބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ އެ ގަވާއިދު އުވާލީ މުވައްޒަފެއްގެ މަގާމުގައި ހުރުމަށް ފަހު މެމްބަރު ކަމަށް އައްޔަނުވެ ރިޓަޔާކުރާއިރު، ވަޒީފާގައި ދެމި ހުރި މުއްދަތުން ފަށައިގެން މެމްބަރު ކަމުގެ މުއްދަތު ގުނައި، ދަރަޖަ ކަނޑައެޅައިގެން އިނާޔާތް ނުދެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން އެންގުމާއި ގުޅިގެން ކަމުގައެވެ.
ކޮމިޝަނުން އެޤަވާއިދުގައި ހިމަނާފައި އޮތީ، އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންކަމަށް ޢައްޔަނުކުރެވޭއިރު، ކޮމިޝަންގެ ދާއިމީ ވަޒީފާގައި ޚިދުމަތްކޮށްފައިވާ ފަރާތެއް ނަމަ ރިޓަޔަމެންޓް ދިނުމުގައި ގުނާ 15 އަހަރުގެ މުއްދަތުގައި ކޮމިޝަންގެ މެމްބަރެއްގެ ގޮތުގައި ހުރި މުއްދަތާއި އެކު ގުނާ ގޮތަށެވެ. އަދި ރިޓަޔަމެންޓް ދޭނީ މެމްބަރު ކަމުގެ މަޤާމުގެ ކުރިން އެންމެ ފަހުން އިލެކްޝަންސް ކޮމިޝަންގައި އަދާކުރެއްވި މަޤާމުގެ މުސާރަ އާއި ޢިނާޔަތްތަކަށް ބަލައިގެން ކަމުގައިވެސް ކޮމިޝަނުން ވަނީ އެޤަވާއިދުގައި ހިމަނާފައެެވެ.
އެހެން ނަމަވެސް ފިނޭންސް މިނިސްޓްރީން އިލެކްޝަންސް ކޮމިޝަނަށް އަންގާފައި ވަނީ އެގޮތަށް މުއްދަތު ނުގުނޭނެ ކަަމަށެވެ. އޭގެ ސަބަބަކަށް ފިނޭންސް މިނިސްޓްރީން ބުނަނީ ކޮމިޝަންގެ މެމްބަރު ކަމުގެ މަޤާމަކީ، މަޖިލީހުން ރުހުންދީގެން ޢައްޔަނު ކުރެވޭ މަޤާމަކަށް ވުމެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.