1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ގަވައިދުން ދަތް އުނގުޅިއަސް އަނގައިން ނުބައި ވަސް ދުވަނީތަ؟ މިހެންވެ ކަމަށް ވެދާނެ!

untitled_design_-_2022-12-06t154802.345-sixteen_nine
ފޮޓޯ: ގޫގަލް
އަހުމަދު ލަޔާން
10,201ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އަމިއްލަ ސާފުތާހިރުކަމަކަށް ސަމާލުކަންދޭ އިރު އެންމެ މުހިއްމު ކަމަކީ އަބަދު ވެސް އަނގަ ސާފުކޮށް ބެހެއްޓުމެވެ. އެހެން ނޫން ކަމަށްވާ ނަމަ އަނގައިން ނުބައި ވަސް ދުވުމާއި ހިރުގަނޑު ހަލާކުވުމާ އެކު އަނގައިގެ ސިއްހަތަށް އެތައް މައްސަލައެއް ކުރިމަތިވާނެ އެވެ. ދުވާލަކު މަދުވެގެން ތިން ފަހަރު ދަތް އުނގުޅުމަކީ ބޭނުންތެރި ކަމެކެވެ. އަދި ވަކިން ހާއްސަކޮށް ރޭގަނޑު ނިދާ އިރު ދަތް އުނގުޅަން އާދަކުރަން ޖެހެ އެވެ. ބައެއް މީހުން ގަވާއިދުން ދަތް އުނގުޅި ނަމަވެސް އެމީހުންގެ އަނގައިގަ ހިފާފަ އެ ހުންނަ ނުބައި ވަސް ފިލައިގެންނުދެ އެވެ. މިއީ ވަރަށް ގިނަ މީހުންނަށް ދިމާވާ މައްސަލަ އެކެވެ. ރެއަކާ ދުވާލު ތިން ފަހަރު ދަތް އުނގުޅި ނަމަވެސް ވަސް ނުފިލާ ހުންނަނީ ބައެއް ކަންތައްތަކަށް ސަމާލުކަން ނުދެވޭތީ އެވެ. އޭގެ ތެރެއިން އެއް ކަމަކީ ދޫ ސާފު ކުރުމެވެ. ދޫ ސާފުކުރުމަކީ ދަތް އުނގުޅުމުގެ ތެރޭގައި ހިމެނޭ ކަމެކޭ ބުނެވިދާނެ އެވެ. ދޫ ސާފުކުރެމޭ މިކިޔަނީ "ޓަންގް ސްކްރޭޕާ" ފަދަ ޓޫލް އަކުން ދޫ މަތީގައި އުފެދިފައި ހުންނަ ފަށަލަ ކަހާލުމެވެ. ރޭގަނޑުގެ ނިންޖަށްފަހު ހެނދުނު ހޭލައިގެން ދޫ ބޭރަށް ނެރެ ލޯގަނޑުން ބަލާލާށެވެ. ހުދު ކުލައިގެ ފަށަލައެއް އުފެދިފައި ހުރެދާނެ އެވެ. އެއީ ހައްތާވެސް އަނގައިން ނުބައި ވަސް ބޭރުކުރާ ބެކްޓީރިއާ އެވެ. އެހެންކަމުން ދަތް އުނގުޅާ ކޮންމެ ފަހަރަކު ކުރިން ބުނި ފަދަ ޓޫލް އަކުން ދޫ މަތި ކަހާލާށެވެ.

file-20240311-24-oankia

ދެވަނަ ކަމަކީ މައުތު ވޮޝް ކަހަލަ އެއްޗެއް ބޭނުން ކުރުމެވެ. އަނގައިގެ ސާފުތާހިރުކަމާއި އަނގައިން ނުބައި ވަސް ބޭރުނުކުރަން ކުރެވޭނެ އެންމެ މުހިއްމު އެއް ކަމަކީ މިއީ އެވެ. މައުތުވޮޝް އަކީ އަނގައިގެ ތެރޭގައި ހުންނަ ޖަރާސީމުތައް ނައްތަލަން އެހީވާ އެއްޗަކަށް ވާތީ މިއީ ގަވާއިދުން ބޭނުންކުރާނަމަ އަނގަ ތެރެ ޖަރާސީމުތަކުން ދުރުކޮށް ބެހެއްޓުމުގައި އެފަދަ ދެވަނައެއް ނެތް އެއްޗެކެވެ. ދަތް އުނގުޅުމަށްފަހު ކުރިން ބުނި ފަދަ " ޓަންގް ސްކްރޭޕާ" ފަދަ ޓޫލް އަކުން ދޫގެ މަތީގައި އުފެދިފައި ހުންނަ ޖަރާސީމު ފަށަލަ ކަހާލުމަށްފަހު މައުތު ވޮޝް ބޭނުންކޮށްގެން އަނގަ ދޮވެލާށެވެ. އޭރުން ގިނައިރު ވަންދެން އަނގައިން ނުބައި ވަހެއް ނުދުވެ ހުންނާނެ އެވެ.

300 × 250

އަނެއް ކަމަކީ ދަތްޕިލައިގެ އެތެރެ ފަށަލަ ވެސް އުނގުޅުމެވެ. އެއްޗެއްގެ ރީތިކަމެއް، ފުރިހަމަ ކަމެއް އޭގެ ބޭރު ފުށަށް އެކަނި ބަލައިގެނެއް ވަޒަނެއް ނުކުރެވޭނެ އެވެ. ހަމަ އެގޮތަށް ކިތަންމެ ގިނައިން ދަތް އުނގުޅިލަސް ހަމައެކަނި ދަތްޕިލާގެ ބޭރު ފަރާތް ރީތިކޮށްލުމަކުން ނުފުދެ އެވެ.

ދަތް އުނގުޅާ އިރު ބުރުހުން ދަތްފިލާގެ އެތެރެ ވެސް ރަނގަޅަށް އުނގުޅަން ވާނެ އެވެ. ދަތް އުނގުޅާ އިރު ބުރުސް ވައްބުރަކަށް ވާ ގޮތަށް ގެންގުޅުމަކީ މިކަމަށް މަގުފަހިކޮށްދޭނެ ކަމެކެވެ. އަދި މަޑު ބުރުހެއް ގެންގުޅޭ ނަމަ އެކަން ކުރަން ފަސޭހަވާނެ އެވެ.

މީގެ އިތުރުން ކާފުރުތޯޅި ކެއުމުން ވެސް އަނގައިގެ ސާފުތާހިރުކަމާއި އަނގައިން ނުބައި ވަސް ދުވުމުން ސަލާމަތްކޮށްދެއެވެ.

300 × 250

ޚިޔާލު (3)

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

  • އާންތު

    މައުތު ވޮސްގެ ބަދަލުގައި (ތާފަނާ ފެންނަށް ކުޑަ ލޮނުކޮޅެއް އަޅައިގެން ބޭނުން ކުރުން އާދަކުރާށެވެ. އެއީ މައުތު ވޮސް ގިނައިން ބޭނުންކުރުމަކީ އެހެންކަހަލަ ބަލިތަކަށް މަގުފަހިވާކަމަކަށް ވާތީއެވެ. ދިރާސާކޮށްލާ އަދި މިކަމަށް ލިޔުމެއް ތައްޔާރު ކޮށްދެއްވާ.

  • އާންތު

    މައުތު ވޮސްގެ ބަދަލުގައި (ތާފަނާ ފެންނަށް ކުޑަ ލޮނުކޮޅެއް އަޅައިގެން ބޭނުން ކުރުން އާދަކުރާށެވެ. އެއީ މައުތު ވޮސް ގިނައިން ބޭނުންކުރުމަކީ އެހެންކަހަލަ ބަލިތަކަށް މަގުފަހިވާކަމަކަށް ވާތީއެވެ. ދިރާސާކޮށްލާ އަދި މިކަމަށް ލިޔުމެއް ތައްޔާރު ކޮށްދެއްވާ.

  • ނނ

    ބައެއް މީހުން ކިތަންމެ ރީއްޗަށް 3 އިރު ދަތް އުނގުޅިޔަސްއަނގައިން ވަސް ދުވާ ސަބަބެއް ގަޓް ހެލްތްގެ ސަބަބުން ނުވަތަ ބޮޑަށް ގޭސްޓްރައިޓިސް ހުންނަމީހުން.. އެމީހުންގެ ގޭސްޓްރައިޓިސްގެސަބަބުން މަތިން އަރާތީ.. މިއީ ޑޮކްޓަރަކު ބުނި ވާހަކައެއް.. އެހެންވީމަ މި އާޓިކަލްގައި އެވާހަކަ ލިޔެލި ނަމަ އިތުރަށް އާޓިކަލް ފުރިހަމަވީސް. ރަނގަޅު ލިޔުމެއް

ގުޅުންހުރި