1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ލައިފްސްޓައިލް

ފުރަގަސްފަރާތު ބަލި ނުވަތަ ޕައިލްސްގެ އުނދަގޫތަކަށް ގޭގައި ދެވިދާނެ ފަރުވާއެއް!

320407_1100-732x549
މިއީ އާދައިގެ ކަމެއްނޫން ފަރުވާކުޑަކޮށް ނުލާ:ފޮޓޯ:ގޫގުލް:
ރިޝާނާ ޢަބްދުލްއަޒީޒް
14,881ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ފުރަގަސްފަރާތު ބައްޔަކީ ބޮޑުކަމުދާ ދޮރު ނުވަތަ ފުރަގަސްފަރާތު ދޮރުހިމެނޭ ހިސާބުގައިވާ ލޭ ހޮޅިތައް ނުވަތަ ލޭނާރުތައް ދެމި ފުއްޕުމެވެ، މި ބަލީގެ އުނދަގޫ އާއްމުކޮށް ކުރިމަތިވަނީ މާބަނޑުއަންހެނުންނާއި 20 އަހަރާއި 50 އަހަރުގެ މީހުންނަށް ކަމަށް ވެއެވެ.

މިއީ ވަރަށް އާންމު އަދި ގިނަބަޔަކު މި ވޭނުގައި އުޅެމުން އަންނަ ކަމެކެވެ.

މި ބަލި ޖެހުމަށް މެދުވެރިވާ ބައެއް ސަބަބުތަކުގެ ތެރޭގައި ބަނޑުހަރުވެ ބޮޑުކަމުދާން އުނދަގޫވުމާއި، މަބޮޑަށް ފަލަވެ ބަރުދަން އިތުރުވުން ހިމެނެއެވެ. މާބަނޑު ދުވަސް ވަރު މި ބަލީގެ އުނދަގޫ ބޮޑުވެއެވެ.

300 × 250

ފުރަގަސް ފަރާތު ބަލި ޖެހުމުން ފެނިދާނެ އަލާމަތްތަކުގެ ތެރޭގައި ފުރަގަސްފަރާތުގައި ރިހުމާއި އެކު ހިރުވުން، ފުއްޕާފައިވާ ލޭނާރުތައް ބޭރަށް ނުކުމެފައި ހުރުމުގެ އިތުން ބައެއްފަހަރު ލޭއައުން ފަދަ ކަންތައްތައް ހިމެނެއެވެ.

ފުރަގަސް ފަރާތު ބަލީގެ ތެރޭގައި ލޭނާރުތައް އެތެރެއަށް ފުއްޕާފައި ހުންނަ ވައްތަރާއި ލޭ ހޮޅިތައް ބޭރަށް ނުކުމެފައި ހުންނަ ވައްތަރު ހުރެއެވެ.

އެތެރެއަށް އަދި ބޭރަށް ލޭނާރުރައް ފުއްޕާފައި :ފޮޓޯ:ގޫގުލް

ފުރަގަސް ފަރާތު ބައްޔަށް ގޭގައި ކުރެވިދާނެ ފަރުވާއެއް:

ބޭނުންވާތަކެތި:

6 ލޮނުމެދު

300 × 250

50 މިލިލީޓަރ ކިރު

1 ސަމްސާ މާމުއި

ޕޭސްޓް ތައްޔާރުކުރާނެ ގޮތް:

ގާނާފައިވާ ލޮނުމެދާއި، ކިރު އަދި މާމުއި ތަވައަކަށް އެޅުމަށް ފަހު މަޑުގިނީގައި ކައްކާލާށެވެ. ތައްޔާރުކުރި ފޭސްޓް މަތިޖެހިތައްޓަކަށް އަޅާލުމަށް ފަހު 2 ގަޑި އިރުވަންދެން ފުރުޖުގައި ބައްޓާފައި ސާފުތާހިރު ކޮޓަންޕެޑަކަށް 1 ސަމްސާ ހެޅުމަށް ފަހު 20 ނޫނީ 30 މިނެޓް ވަންދެން ފުރަގަސްފަރާތު ބޭރަށް ނުކުމެފައިވާ ތަނުގައި  އަޅާފައި ބަހައްޓާށެވެ،

ލޮނުމެދާއި މާމުއި އަކީ ފައިދާހުރި ގޭތެރެއިން ފަސޭހައިން ލިބޭނެ އެއްޗެއްކަމުން އަޖުމަ ބަލާލުމަށް މި ޕޭސްޓް ހަދައިގެން ބޭނުންކޮށްލާށެވެ. ވޭން ކެނޑި ތާޒާކަން ލިބިގެންދާނެއެވެ. ތަފާތު ބޭސްތައް މާބަނޑު ދުވަސްވަރު ބޭނުން ނުކުރެވިދާނެތީ މިއީ މާބަނޑު އަންހެނުން ވެސް ގޭގައި ފަސޭހައިން ތައްޔަރުކޮށް ލެވޭ މި ޕޭސްޓުގެ އަޖުމަ ބަލާލުން ރަނގަޅެވެ. ގުދުރަތީ މިފަދަ މާއްދާބޭނުން ކޮށްގެން ގޭގައި ފަރުވާދެވިދާނެއެވެ.

މިކަންކަމުގައި ޑޮކްޓަރުންގެ ލަފާ ހޯދުމަކީވެސް ވަރަށް މުހިއްމު ކަމެކެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި