ހއ. ދިއްދޫގައި ހުންނަ އެއަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު އުސްމާން އަޝްރަފް އެތަނުގައި މަސައްކަތް ކުރާ ބިދޭސީ ނަރުގެއް ކައިރިއަށް ވަދެ އޮއްވާ ފުލުހުން އޭނާ ހައްޔަރުކޮށްފިއެވެ.
ދިއްދޫ ހޮސްޕިޓަލްގެ މެނޭޖަރު އުސްމާން، އެހޮސްޕިޓަލްގައި މަސައްކަތް ކުރާ ބިދޭސީ ނަރުހެއް ކައިރިއަށް ވަދެ އޮއްވާ ފުލުހުން އޭނާ ހައްޔަރުކޮށްފައިވާ ކަމަށް އެރަށުން ވާހަކަ ދެއްކި މީހަކު ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
މިކަމާ ގުޅިގެން އެރަށުން މީޑިއާތަކަށް މައުލޫމާތު ދެއްވި މީހަކު ބުނީ، ހޮސްޕިޓަލްގެ މެނޭޖަރ އުސްމާން ހައްޔަރުކޮށްފައިވަނީ ރޭ 20:30 ކަންހާއިރު ކަމަށެވެ.
އޭނާ ހައްޔަރުކުރަން ފުލުހުން އޭނާ އޮތް ގެއަށް ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށްވެސް މައުލޫމާތު ލިބެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.