1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޖަޕާނަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސް ތައުޒިޔާ ފޮނުއްވައިފި

މަރްޔަމް ޝަފާ ސައީދު
1,717ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ޖަޕާނުގެ ކުމަމޯޓޯ ޕްރިފެކްޗާއަށް އައި ބާރުގަދަ ބިންހެލުޏޤ، އެތައް ބައެއްގެ ފުރާނަ ގެއްލި އަދި ގިނަ ބަޔަކު ޒަހަމްވި ހިތާމަވެރި ކާރިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޖަޕާނުގެ ބޮޑުވަޒީރު ތަކައިޗީ ސަނާއޭއަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މި ބިންހެލުމުގެ ސަބަބުން ގިނަ ބައެއްގެ ފުރާނަ ގެއްލި، އެތައް ބަޔަކަށް އަނިޔާވެ، ގެދޮރާއި މުދަލަށާއި އުމްރާނީ ވަސީލަތްތަކަށް ލިބުނު ބޮޑެތި ގެއްލުންތަކުގެ ޚަބަރު އަޑުއެއްސެވީ ފުން ހިތާމައާ އެކުގައި ކަމަށް ވިދާޅުވެފައިވެއެވެ. އެމަނިކުފާނު ވަނީ ދިވެހި ރައްޔިތުންނާއި ސަރުކާރުގެ ނަމުގައި، ޖަޕާނުގެ ބޮޑުވަޒީރަށާއި ރައްޔިތުންނަށް، އަދި ވަކިން ހާއްސަކޮށް ބިންހެލުމުގައި މަރުވި މީހުންގެ އާއިލާތަކަށް އިހުލާސްތެރި ތައުޒިޔާ އާއި ހަމްދަރުދީ ފާޅުކުރައްވާފައެވެ.

މި ހާދިސާގައި ފުރާނަ ގެއްލުނު އާއިލާތަކަށް ކެތްތެރިކަން ދެއްވުމަށް އެދިވަޑައިގަންނަވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ގެދޮރު ގެއްލި ހާލުގައި ޖެހުނު މީހުންނާއި އަނިޔާވި މީހުންނާއެކު ދިވެހި ރައްޔިތުން ސާބިތުކަމާއެކު ތިބި ކަމަށެވެ. އަދި މި ހިތާމަވެރި ދަނޑިވަޅުގައި ދިވެހި ރައްޔިތުންގެ ހެޔޮ ދުއާތައް ވަނީ ޖަޕާނުގެ ރައްޔިތުންނާ އެކުގައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

300 × 250

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ ޖަޕާނުގެ ރައްޔިތުންނަށް ދުޅަހެޔޮކަމާއި ރައްކާތެރިކަން މިންވަރުކުރެއްވުމަށް އެދި ދުއާކުރައްވަމުންނެވެ. އަދި ބިންހެލުމާ ގުޅިގެން ކުރިމަތިވި ހިތާމަތަކުން އަރައިގަނެ، އެ ގައުމު އަލުން އާރާސްތުކުރުމުގެ މަސައްކަތުގައި ޖަޕާނުގެ ރައްޔިތުންނަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޖަޕާނުގެ ދެކުނުގެ ކުމަމޯޓޯ ޕްރިފެކްޗަރަށް އަންގާރަ ދުވަހު އައި ރިކްޓާ މިންގަނޑުން 7.1 ގެ ބާރުގަދަ ބިންހެލުމާ ގުޅިގެން މިހާތަނަށް މަރުވި މީހުންގެ އަދަދު ވަނީ 13 އަށް އަރާފައެވެ. މި ބިންހެލުމުގައި އެ ސަރަހައްދުގެ ޝޮޕިން މޯލެއްގައި އެއްޗެއް ގޮވައި، އިމާރާތެއް ވެއްޓުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު، މޯލް ތެރޭގައި އަދިވެސް ގިނަ ބަޔަކު ތާށިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި އެ ޝޮޕިން މޯލްގައި ގޭސް ގޮވުމުގެ ނުރައްކާ އޮތުމުން އެކަން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. މި ކާރިސާއާ ގުޅިގެން ގާތްގަނޑަކަށް 260,000 މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރަން އަންގާފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ބިންހެލުންތައް އައިސްދާނެތީ ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި