1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ލައިފްސްޓައިލް

ބަރުދަން އިތުރުކުރަން ބޭނުންތަ؟ މިއޮތީ ފައްކާ ބުއިމެއް!

woman-wearing-shorts-top-standing-weight-scales-woman-scales-anorexic-extremely-skinny-woman-wearing-shorts-top-148011313
ހިކިވުމުންވެސް ސަލާމަތެއް ނެތް:ފޮޓޯ:ގޫގުލް
ރިޝާނާ ޢަބްދުލްއަޒީޒް
1,900ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މި މުޖުތަމައު ގައި މިތިބެނީ ވަރަށް ފާޑެއްގެ ބައެކެވެ. ފަލަވުމުމުން މީހާ ސިފަކުރަނީ ބެޓަރިއެއް ނޫނީ ބަރަބޮލެއް ކަހަލަ އެއްޗަކަށެވެ. ހިކިވުމުން ދަނޑިބުރިއެއް ނޫނީ މުރަނގަ ތޮޅިއެއްގެ ނަމުން ގޮވައެވެ. ފަލަވިޔަސް ހިކިވިޔަސް ސަލާމަތެއް ނެތެވެ.

ފަލަ ވީމާ ހިކިވާން އެތަށް ވަގުތަކާއި ހޭދައެއް ކުރަން ޖެހޭ މީހުންނާއި އެއްވަރަށް މާބޮޑަށް ބަރުދަން ލުއިވުމުން ވެސް ހަށިގަނޑު ރީތިކުރުމަށް ހޭދަކުރަންޖެހޭ މީހުން މަދެއް ނޫނެވެ. މިއަދު މިގެނެސްދެނީ އެފަދަ މީހުންނަށް ހާއްސަ ބުއިމެކެވެ.

ޝޭކް ހެދުމަށް  ބޭނުންވާ ތަކެތި:

300 × 250

12 ކެޝޫނަޓް

12 އަލްމަންޑް

6 ހިކިމޭބިސްކަދުރު

2 ކަދުރު

1 ތަށި ކިރު

3 ވަކި ދޮންކެޔޮ

300 × 250

1 ސަމްސާ މާމުއި

ތައްޔާރުކުރާނެ ގޮތް:

ކެޝޫނަޓް، އަލްމަންޑް،އަދި  ހިކިމޭބިސް ކަދުރާއި ކަދުރު ތައްޓަކަށް ކުޑަކިރު ފޮދެއް އަޅާފައި އިރުކޮޅަކު ބަހައްޓަލުމަށް ފަހު ދޮންކޭލާއި މާމުއި އަދި  ކިރުއަޅާފައި ބެހެއްޓި ޑްރައިފުރުޓާއި ކިރު ތަށި މިކްސަރަށް އަޅާލުމަށް ފަހު ގިރާލާށެވެ. ތައްޔާރު ތިކުރެވުނީ ވަރަށް ފައިދާހުރި ބަނާނާ މިލްކްޝޭކެކެވެ.

ކޮންމެ ދުވަހަކު ހެނދުނު މި ޝޭކުގެ އަޖުމަ ބަލާލާށެވެ. ހިކިއަނަރޫފަވެގެން މީހުން ކުރަމުން އަންނަ މަލާމާތަށް  ނިމުން އަންނާނެކަން ކަން ޔަގީނެވެ. މޫނުމައްޗަށް އުޖާލާކަން ގެނެސްދޭނެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި