ނޫނު އަތޮޅުގެ ތިން ރަށެއް ކަމަށްވާ ކެނދިކުޅުދޫ، މާޅެންދޫ އަދި ކުޑަފަރީގައި އަލަށް ތަރައްގީކުރި ކުޑަކުދިންގެ ޕާކުތައް ރަސްމީކޮށް ހުޅުވައިފިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން، ރަށްރަށުގެ އިޖުތިމާޢީ ދިރުން އާލާކޮށް، ކުޑަކުދިންނަށް އުފާވެރި މާޙައުލެއް ބިނާކޮށްދެއްވުމަށް ސަރުކާރުން ކުރިއަށްގެންދާ ޕީއެސްއައިޕީ މަޝްރޫޢުތަކުގެ ދަށުން ފެނަކަ ކޯޕަރޭޝަނުން ކުރިއަށްގެންދިޔަ މަސައްކަތްތަކެކެވެ.
މި ޕާކުތައް ހުޅުވުމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުތަކުގައި ޕާކުތައް ހުޅުވައިދެއްވީ މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ސާލިމް އާއި ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ނަޡީމްގެ އިތުރުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު އަފޫ ހާމިދާއި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޢަފީފް ޙުސައިންއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.