ވެލިދޫ ކުނި ކޮށީގައި ރޯވި އަލިފާންގަޑު ޝިޔާމް ވޯލްޑް ފައަރ އިން ނިއްވާލައިފިއެވެ.

ވެލިދޫ ގައި މިއަދު ހިނގި އެ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މެންދުރުފަހުގެ ވަގުތެއްގައެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައެއް ނުވެއެވެ. ވެލިދޫ އާންމު މީހަކު ހުވަދޫ މިޑިއާއަށް މައުލޫމާތު ދެމުން ބުނީ މި ފަދަ ހާދިސާތައް ވަރަށް ގިނައިން އެ ސަރަހައްދުގައި ހިނގާކަމަށެވެ.

އަލިފާން ގަނޑު ވަރަށް ބޮޑަށް ފެތުރިފައިވާ ކަމަށާއި، ޝިޔާމް ވޯލްޑްގެ އެހީތެރިކަން އަލިފާން ނިއްވާލުމަށް ލިބިފައިވާ ކަމަށެވެ.

ޝިޔާމް ވޯލްޑް އޮންނަނީ 30 ވަރަކަށް މިނެޓުން ވެލިދޫ އަށް ދެވޭހާ ކައިރީގައެވެ. ވެލިދޫ ވޭސްޓް މެނޭޖްމެންޓް ސެންޓަރ ގައި އަލިފާން ރޯވެ އަދަމުން ދާ ކަމުގެ މައުލޫމާތު ލިބުމާއިއެކު އެ ރިޒޯޓްގެ އެހީތެރިކަން ވަގުތުން ވަނީ ލިބިފައެވެ. އަދި ވަގުތުން ޝިޔާމް ވޯލްޑް ގެ ފައަރ އެންޑް ރެސްކިއު ޓީމް ފުރައިގެން ވެލިދޫ އަށް ގޮސް އަލިފާންގަނޑު ވަނީ ނިއްވާލާފައެވެ.

މިހާރު އެ ރިޒޯޓްގެ މުއައްޒަފުން ކުރި މަސައްކަތުން ވަނީ އަލިފާން ކޮންޓުރޯލް ކުރެވިފައި ކަމަށްވެސް މައުލޫމާތު ވަނީ ލިބިފައެވެ.