1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ނަވާރަ ވަނަ މަޖިލީހުގެ ފަހު ޖަލްސާ، ހުރިހާ މެންބަރުންނަށް ވާހަކަ ދެއްކެވުމަށް ފުރުސަތު ދެއްވާނެ

big_NFviTZHatWnWQBBeILq4BFJJd
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން ---- ފޮޓޯ: މަޖިލިސް
އަހުމަދު ލަޔާން
392ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މިއަދު ފެށިގެން ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފަހު ޖަލްސާ ކަމަށް ވުމުން، މި ޖަލްސާގައި މަޖިލީހުގެ ހުރިހާ މެންބަރުންނަށް ވާހަކަ ދެއްކެވުމަށް ފުރުސަތު ދެއްވާނެކަން މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމު އިއުލާނު ކުރައްވައިފިއެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން އަސްލަމް ވިދާޅުވީ މިއަދުގެ ޖަލްސާއަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ޖަލްސާ ކަމަށެވެ. އަދި ޤާނޫނުއަސާސީއާއި ޤާނޫނުތަކުން ރައްޔިތުންގެ މަޖިލީހަށް މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމުގައި މަޖިލީހުގެ މެންބަރުން މަސައްކަތް ކުރެއްވީ ވަރުބަލިކަމެއް ނެތި، ވަރަށް ހީވާގި ކަމާއެކު ކަމަށް އަސްލަމް ވިދާޅުވިއެވެ. އޭނާ ވަނީ ހުރިހާ މެންބަރުންނަށް ޝުކުރު އަދާކުރައްވާފައެވެ.

އޭގެ އިތުރަށް މަޖިލީހުގެ ނައިބު ރައީސް ހޯރަފުށީ ދާއިރާގެ މަޖިލިސް މެންބަރު އަޙްމަދު ސަލީމާއި، މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އާއި، މައިނޯރިޓީ ލީޑަރު ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު ފުނަދޫ ދާއިރާގެ މަޖިލިސް މެންބަރު ހުސައިން ސިރާޖުގެ އިތުރަށް މަޖިލީހުގެ ކުރީގެ މެޖޯރިޓީ ލީޑަރު މެދު ހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު އަލީ އާޒިމާއި، ކުރީގެ މައިނޯރިޓީ ލީޑަރު އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމު (ރެޑްވޭވް) އަށް އަސްލަމު ޝުކުރު އަދާކުރެއްވި އެވެ.

ހަމައެހެންމެ މަޖިލީހުގެ ކުރީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި މަޖިލީހުގެ ކުރީގެ ނައިބުރައީސް ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު އީވާ ޢަބްދުﷲ އަށް ވެސް އަސްލަމް ވަނީ ޝުކުރު އަދާކުރައްވައި، އެ ބޭފުޅުން ކުރެއްވި ޚިދުމަތް ފާހަގަކުރައްވާފައެވެ.

300 × 250

މަޖިލީހުގެ މެންބަރުންނާއި ޕާޓީތަކުގެ ލީޑަރުންނާއި މަޖިލީހުގެ ރިޔާސަތު ކުރިން ބެލެހެއްޓެވި ބޭފުޅުންނަށް ޝުކުރު އަދާކުރެއްވުމަށްފަހު، އަސްލަމު ވިދާޅުވީ މިއަދު މަޖިލީހުގެ ހުރިހާ މެންބަރުންނަށްވެސް ވާހަކަ ދެއްކެވުމަށް ފުރުސަތު ދެއްވާނެ ކަމަށެވެ. އެގޮތުން އިބްތިދާއީ ބަހުސްގެ މަސައްކަތްތަކާއި މަޖިލީހުގެ ކޮމިޓީތަކުން ތަޅުމަށް ހުށަހަޅާފައި ހުރި މައްސަލަތަކުގެ މަސައްކަތް ނިންމުމަށްފަހު މެންބަރުންނަށް ވާހަކަ ދައްކަވަން ފުރުސަތު އަރުވާނެކަން އޭނާ އިއުލާނުކުރެއްވިއެވެ.

19 ވަނަ މަޖިލީހުގެ މަސައްކަތްތައް މިއަދު ނިމިގެންދާއިރު، އަލަށް އިންތިޚާބުވެވަޑައިގެންނެވި 20 ވަނަ މަޖިލީހުގެ މެންބަރުން ހުވައިކުރައްވާނީ މި މަހުގެ 28 ވަނަ ދުވަހުއެވެ. އޭޕްރީލު މަހުގެ 21 ވަނަ ދުވަހުގައި ނެގުނު ވޯޓުން އިންތިޚާބުވެވަޑައިގެންނެވި މެންބަރުން ހުވައިކުރައްވާއިރު އައު މަޖިލީހުގައި މަޖިލީހުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި ސިޔާސީ ގޮތުން ބުރަދަަންހުރި ވަރަށް ގިނަ ބޭފުޅުން މަޖިލީހުން ނުފެންނާނެއެވެ.

އައު މަޖިލީހުން ފުރުސަތު ލިބިވަޑައިނުގެންނެވި ބޭފުޅުންގެ ތެރޭގައި މިހާރުގެ މަޖިލީހުގެ ރައީސް އަސްލަމާއި ނައިބު ރައީސް ސަލީމާއި، މަޖިލީހުގެ މެޖޯރިޓީ ލީޑަރު ބިގޭއާއި، އެމްޑީޕީގެ ޒަމާންވީ މެންބަރުންގެ ތެރެއިން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހާއި، ޑިމޮކްރެޓްސްގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ އާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި