ޑިޓޮކްސް އަކީ ހަށިގަނޑުގައިވާ ވިހަ މާއްދާތައް ނައްތާލުމަށް ކިޔާ ނަމެކެވެ. ތިމާގެ ހަށިގަނޑުން މިކަން ކުރަނީ އޮޓެމެޓިކުންނެވެ. އެއީ ފުރަމޭއާއި އެހެން ގުނަވަންތަކުގެ މަސައްކަތެވެ. ހަށިގަނޑަށް ގެއްލުން ހުރި، ކާން ނުޖެހޭ އެއްޗެއް ކާ ނަމަ،ނުވަތަ ބޯނަމަ ފުރަމޭ އެ ހުރިހާއެއްޗެއް މެޓަބޮލައިޒް ކުރުމަށް އެހީވެދޭ ކަމަށް ވެއެވެ. ހަށިގަނޑު ޑިޓޮކްސް ކުރުން ނުވަތަ ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތަށް ނައްތާލަން އެންމެ ރަގަނޅު ގޮތަކީ ޤުދުރަތީ ގޮތުން އެ ވިހަ ފޮހެލުމަށް ދޫކޮށް ލުމެވެ. ނުވަތަ ޤުދުރަތީ މާއްދާ ތަކުގެ އެހީ ހޯދުމެވެ. މި ގެނެސް ދެނީ ގޭގައި ތައްޔާރުކޮށްލެވޭ މިފަދަ ޑިޓޮކްސް ބުއިންތަކެވެ.
- ޓޮމާޓޯ ޑިޓޮކްސް ޖޫސް..
- ލުނބޯ،އޮރެންޖް އަދި ސްޕެނިޗް ޖޫސް..
- ކަރާ އަދި އިނގުރު ޖޫސް..
- ފެހި ޖޫސް ސްޕެނިޗް،ލުބޯ އަދި ކިއުކަމްބާ އާއި އެކު..
- ކެރެޓް،އިގުރު އަދި ބީޓްރޫޓް ޖޫސް...
ތަފާތު މާއްދާތައް ހިމެނޭ މޭވާއާއި ތަރުކާރީ ބޭނުންކޮށްގެން ތައްޔާރުކުރާ ޑިޓޮކްސް ބުއިންތަކުން ތަފާތު ނިއުޓްރިޝަނަލް ފައިދާތަކެއް ލިބިގެންދާނެއެވެ. ބަރުދަންލުއިކޮށް ހަކަތަ އިތުރުކުރުމާއި އެކު ދުޅަހެޔޮ ސިއްޙަތެއް ލިބިގެން ދާނެއެވެ. ސިއްޙަތާއި ގުޅުންހުރި މިފަދަ ކަންތައްތައް ކުރުމުގެ ކުރިން ޑޮކްޓަރުން ލަފާ ހޯދުމަކީ ވަރަށް މުހިއްމު ކަމެކެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.