މާލޭގެ ބަނޑޭރިކޮށީގެ އެޕާޓްމެންޓެއް ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، ލިބުނު މައުލޫމާތަކާއި ގުޅިގެން ބަނޑޭރިކޮށީގެ ގެއެއް ބަލާ ފާސްކުރުމުގެ ތެރޭގައި މަރުވެފައިވާ ފިރިހެނަކު ފެނިފައިވާ ކަަމަށެވެ.

އެމީހާގެ ވަނަވަރެއް ފުލުހުން ހާމައެއް ނުކުރެއެވެ. އެހެންނަމަވެސް އެ މީހާ ފެނުނު ބަނޑޭރިކޮށީގެ އެ އެޕާޓްމަންޓަކީ މި ވަގުތު ބޭނުން ކުރަމުންދާ ތަނެއް ނޫންކަން ޔަގީންވެފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ، އެކަމާއި ގުޅޭ އިތުރު މައުލޫމާތު ހާމަކުރަމުންދާނެ ކަމަށެވެ.