ބޭރުން ކާރު ގެންނާނެ ކަމަށް ބުނެ އޮޅުވާލައިގެން މީހުން އަތުން ފައިސާ އަތުލަމުންދާ ފުލުހެއްގެ މައްސަލަ ބަލަން ފަށައިފިއެވެ.

ފުލުހުންބުނީ އޮޅުވާލައިގެން މީހުންގެ އަތުން ފައިސާ އަތުލާ ފުލުހެއްގެ މައްސަލައެއް ފުލުހުންގެ އިދާރާއަށް ހުށައެޅިފައިވާ ކަމަށާއި، އެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުގެ ޕްރޮފެޝަނަލް ސްޓެންޑަރޑްސް ކޮމާންޑް އިން ތަޙްގީގުކުރަމުންދާ ކަމަށެވެ.

އޮޅުވާލައިގެން މީހުންގެއަތުން، ފުލުހަކު ފައިސާނަގާ އަތުލާކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓްގައިވަނީ ފުލުހުންގެ ވަޒީފާގައިއުޅޭ މީހެއް ގިނަބަޔަކަށް އޮޅުވާލާ ކާރު ގެންނާނަމޭބުނެ ލާރިނަގައިގެން ފިލައިގެން އުޅޭ ކަމަށެވެ.

މި މިހާ މިގޮތަށް އުޅޭތާ އެތަކެއް ދުވަހެއް ވެއްޖެ ކަމަށާއި، ނަމަވެސް ތަހުގީގު ކުރެވިފައި ނުވާ ކަމަށެވެ. އެއީ ޝަމާލް ނަމަކަށް ކިޔާ ފުލެއް ކަމަށްވެސް ފުލުހުންގެ މީޑިއާ އޮފިޝަލަކު ވަނީ ހާމަ ކޮށްފައެވެ.

މީހުންނަށް އޮޅުވާލުމާއި ވައްކަމުގެ މައްސަލަތަކަކީ ރާއްޖޭގައި މިހާރު އާންމު މައްސަލަ ތަކެވެ. މިކަން ހުއްޓުވުމަށްވެސް ވެސް ފުލުހުންވަނީ ހާއްސަ ޕްރޮގުޜާމްތަކެއް ފައްޓަވާފައެވެ.