1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޕްލޭއިން ވިތް ކޮރަލްސް 2024 ގެ ނަމުގައި ޙާއްސަ ޕްރޮގްރާމެއް ފަށައިފި

Raafiu
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
އައިޝަތު އަންޖަަލް
263ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ކުޑަކުދިންނަށް ޚާއްސަ ފުޓްބޯޅަ ޕްރޮގްރާމެއްގެ ތެރެއިން މޫސުމާއި ކަނޑުފަޅުގެ ތިމާވެއްޓަށް ހޭލުންތެރިކަން އިތުރުކުރުމަށް "ޕްލޭއިން ވިތު ކޮރަލްސް 2024" ގެ ނަމުގައި  ޙާއްސަ ޕްރޮގްރާމެއް ފަށައިފި އެވެ.

މިމަހުގެ ހަވަނަ ދުވަހުން ފެށި މި ޕްރޮގްރާމަކީ  އިޓަލީގެ ޔުނިވަރސިޓީ އޮފް މިލާނޯ ބިކޯކާ އާއި ޔޫރަޕްގެ މަޝްހޫރު ފުޓްބޯޅަ ކުލަބް އިންޓަރ މިލާން އަދި ޔުއެފާ ފައުންޑޭޝަން ފޯ ޗިލްޑްރަންއާ ގުޅިގެން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. ފ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމް ކާމިޔާބުކަމާއިއެކު ކުރިއަށްގެންދިޔުމުގައި ރާއްޖޭގެ ކުޅިވަރު ވުޒާރާ އާއި ތަޢުލީމާ ބެހޭ ވުޒާރާގެ އިތުރުން ފ. އަތޮޅު ކައުންސިލާއި، އަ އަތޮޅުގެ ރަށްތަކުގެ ސްކޫލްތަކުންވެސް އަންނަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ.

މި ޕްރޮގްރާމާއި ގުޅޭގޮތުން މައުލޫމާތުތައް ހިއްސާކުރުމަށް ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވީ، ފުޓްބޯޅައިގެ ހުނަރު ދަސްކޮށްދިނުމާއިއެކު ރާއްޖޭގެ ތިމާވެރި ރައްކާތެރި ކުރުމާއި މޫދުގެ ދިރުންތައް ހިމާޔާތްކުރުމާ ގުޅޭގޮތުން ކުރިއަށްގެންދިޔަ މި ޕްރޮގްރާމް ދެ އަހަރަށް ދެމިގެންދާނެކަމަށެވެ.

300 × 250

"ޕްލޭއިން ވިތު ކޮރަލްސް 2024" ޕްރޮގްރާމްގެ ތެރެއިން ކަނޑުފަޅާއި އެތަންތާގެ ދިރުންތަށް ހިމާޔަތްކޮށް، ރައްކާތެރިކޮށް ދިރުވާ އާލާކުރުމާއި ގުޅޭ ހޭލުންތެރިކަން އިތުރުކޮށް އެކަންކަމާއި ގުޅޭ ހުނަރުތައް ދަސްކޮށްދެވޭނެ އެވެ. އަދި މީގެ އިތުރުން ފުޓްބޯޅައިގެ ހުނަރުތަކާއިއެކު ކުޅިވަރުގެ ތެރެއިން ފަރުދީ އަދި އިޖުތިމާޢި ހުނަރުތަށް ދަސްކޮށްދިނުންވެސް ހިމެނެ އެވެ.

މިނިސްޓަރ ރާފިއު ވިދާޅުވީ ދެ އަހަރުގެ ތެރޭގައި އަށް ހާސް މުރަކަ އިންދައި، އެ އާލާ ކުރުމަށް މި ޕްރޮގްރާމްގެ ބައިވެރިން ތަމްރީން ކުރެވޭނެކަމަށެވެ. އަދި މިއީ ރާއްޖެއަށް މުހިންމު ޕްރޮގްރާމެއްކަމަށައި، ރާއްޖޭގެ ފަރުތަކަށް އަންނަ ބަދަލުތައް ދެނެގަނެއް އެކަމަށް މަސައްކަތްކުރުމަށް ބޮޑު އެހީތެރިކަމެއް ލިބޭނެ ކަމެއްކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭ ކަހަލަ ފަރުތަކެއްގެ މަތީގައި އުފެދިފައިވާ ކުދި ޖަޒީރާ ރަށްތަކަކަށް މި ޕްރޮގްރާމްގެ ސަބަބުން ބޮޑު ފައިދާއެއް ކުރާނެކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ.

މިދިޔަ ހަފްތާގައި ފެށި ޕްރޮޖެކްޓްގެ ފުރަތަމަ ބައިގައި ތަމްރީންކުރީ ފ. އަތޮޅުގެ އެކި ރަށްތަކުން ޓްރެއިނަރުންނެވެ. އަދި ކޮންމެ ރަށަކުން 40 ކުދިން ހިމެނޭހެން 200 ކުދިން މި ޕްރޮގްރާމްގެ ތެރޭގައި ތަމްރީން ކުރެވޭނެ އެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި