މާލޭގައި މަގުމައްޗަށް ފެން ފައިބާ ގޮތަށް ހުރި 30 އިމާރާތެއް މާރާމާތުކުރަން އަންގައިފިއެވެ.

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލޭގެ އެކި އިމާރާތްތަކުން މަގުމައްޗަށް ފެން ފައިބާ މައްސަލައަކީ ޒަމާނުއްސުރެ ހައްލު ނުކުރެވި އޮތް މައްސަލައެއް ކަމަށެވެ. އާޒިމް ވިދާޅުވީ އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް މިހާރު ފަށާއިވާ ކަމަށެވެ. އެގޮތުން މި މަހު އެކަނިވެސް މަގުމައްޗަށް ފެން ފައިބާ ގޮތަށް ހުރި 30 އިމާރާތެއް ފާހަގަކޮށް، އެތަންތަން މަރާމާތުކޮށް ރަނގަޅުކުރުމަށް އަންގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މާލޭގައި ހުރި މައްސަލަތައް ހައްލުކުރުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށް ވެސް އާޒިމް ވަނީ ވިދާޅުވެފައެވެ.

"މާލޭގައި ހުރި މައްސަލަތައް ހައްލުކުރުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވޭ." މޭޔަރު ވިދާޅުވި އެވެ.

މާލެ ސިޓީގެ މޭޔަރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު، އާޒިމް އަންނަނީ މާލޭގައި ހުރި ރައްޔިތުން ކަންބޮޑުވާ މިފަދަ ކަންކަން ހައްލު ކުރުމަށް މަސައްކަތް ކުރައްވަމުންނެވެ.