އދ އޮމަދޫގައި 11 މަހުގެ ތުއްތު ކުއްޖަކު މަސް ފެންގަނޑަކަށް ވެއްޓި ނިޔާވެއްޖެއެވެ.
އދ އޮމަދޫން ކައުންސިލުން ވަނީ އެ ޚަބަރު ތެދު ކޮށްފައެވެ. ކައުންސިލުން މައުލޫމާތު ދިން ފަރާތުން ބުނެފައިވަނީ، މަރުކަޒު ގެ ޑޮކްޓަރުން ފަރުވާ ދިނުމަށް މަސައްކަތް ކުރި ކަމަށާއި އެހެންނަމަވެސް މަރުކަޒަށް ގެންދިޔައިރުވެސް. އެ ކުއްޖާ ވަނީ ނިޔާވެފައިވާ ކަމަށް ބެލެވޭ ކަމަށެވެ.
ކުއްޖާ މަރުވެފައިވަނީ މަސްފެންގަނޑަށް ވެއްޓި ހާލު ސީރިއަސްވެގެން އޮމަދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން ދަނިކޮށެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ.
ހުވަދޫ ނިއުސް އަށް އެނގިފައިވާގޮތުގައި އޮމަދޫން މި ކުއްޖާ ވެއްޓުނު މަސް ފެންގަނޑަކީ އެ ގޭ ގޯތި ތެރޭ ބިންމަތީގައި ސިމެންތިން ހަދާފައިވާ މަސް ފެންގަނޑެކެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.