1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރާއްޖޭގެ އެންމެ ދެކުނަށް އޮރެންޖް އެލާރޓް ނެރެފި

Abstract red background with scratch effect and minimal overlapp
ބްރޭކިން ނިއުސް
ރިފާޢު ރަޝީދު
769ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ ރާއްޖޭގެ އެންމެ ދެކުނު 2 ސިޓީ ފުވައްމުލަކު އަދި އައްޑޫ ސިޓީގެ ސަރަހައްދަށް އޮރެންޖް އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން ނެރުނު އެލާޓްގައި ވަނީ މިއަދު ހަވީރު 15:00 އިން ފެށިގެން އިރުއޮއްސި 19:00 އަށް ފުވައްމުލައް ސިޓީ އާއި އައްޑޫ ސިޓީ އަށް އޮރެންޖު އެލާޓް ނެރެފައިވާނެ ކަމަށެވެ.

މި ވަގުތުތަކުގައި ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މި އެލާޓްގައިވެއެވެ.

300 × 250

ވޭތުވެދިޔަ 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް މޫސުން ގޯސްއިރު، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވެފައިވެ އެވެ. އަދި ވައިގަދަވުމުގެ ސަބަބުން ބައެއް ހާދިސާތައް ވެސް ހިނގި އެވެ.

އިއްޔެ ހެނދުނު ތިލަފުށިން ފުރައިގެން މ. އަތޮޅަށް ދަތުރުކުރި ދޯންޏެއް ގެއްލިގެން ހޯދުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މެޓް އޮފީހުން ވަނީ ރައްކާތެރި ފިޔަވަޅުތައް އެޅުމަށް ވެސް އިލްތިމާސް ކޮށްފަ އެވެ. ފުލުހުންނާއި، އެމްއެންޑީއެފް އަދި ޑިޒާސްޓާއިން ވަނީ މޫސުމަށް ސަމާލުވެ، އަޅަން ޖެހޭ ރައްކާތެރި ފިޔަވަޅުތައް ދުރާލައި އެޅުމަށް އިލްތިމާސް ކޮށްފަ އެވެ. އަދި މިދުވަސްވަރު ރޭގަނޑު ކަނޑު ދަތުރު ނުކުރުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފަ އެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި