ދެ ދުވަސް ކުރިން ތ. ކަނޑޫދޫގައި ފާރެއް ވެއްޓި ސީރިއަސް އަނިޔާތަކެއް ލިބުނު ކުޑަ ކުއްޖާގެ ހާލު މިހާރު ރަނގަޅު ކަމަށް އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފިއެވެ.
ކަނޑޫދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް އިއްޔެ އެއާ އެމްބިއުލާންސުން މާލެ ގެނައި 10 އަހަރުގެ ކުޑަ ފިރިހެން ކުއްޖާ އޮތީ އީއެންޓީ ވޯޑްގައި އޮބްޒަވޭޝަންގައި ކަމަށާއި ކުއްޖާގެ ހާލު މިހާރު ރަނގަޅު ކަމަށް އައިޖީއެމްއެޗުން ހާމަކޮށްފައިވެއެވެ.
މިހާދިސާ ހިނގާފައި ވަނީ ކަނޑޫދޫގައި ހުކުރު ދުވަހުގެ އިރުއޮއްސެމުން ދިޔަ ވަގުތުފައެވެ. ކުއްޖާ ހިނގާފައި ދަނިކޮށް ގައިމައްޗަށް ވެއްޓުނު ފާރަކީ ވަރަށް ދުވަސްވެފައިވާ އަރިއަޅާފައި ހުރި ފާރެއްކަމަށްވެއެވެ.
ކުއްޖާގެ ހާލު އެވަގުތު ވަރަށް ސީރިއަސް ކަމަށްވިނަމަވެސް މިހާރު ދަނީ ހާލު ރަނގަޅުވަމުންނެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.