1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އިބްރާހީމް އަޙްމަދުގެ ހަނދާނުގައި ހުވަދޫ ރެކްރިއޭޝަންގެ މުބާރާރްތަކުން 9 ނަންބަރު ޖާޒީ ރިޓަޔަރ ކޮށްފި

އިބްރާހީމް އަޙްމަދު
ނަދީމް އަލީ
1,967ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ފްރެންޑް 4 ސަޕްލައި ދޯނި އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު 3 މީހުންގެ ތެރެއިން ގދ. ތިނަދޫ އަށް އުފަން އިބްރާހީމް އަޙްމަދު ކުޅިވަރަށް ކޮށްދެއްވާފައިވާ އަގުނުކުރެވޭފަދަ ޚިދުމަތްތަކާއި، އޭނާގެ ހަނދާންތައް އާކުރުމުގެ ގޮތުން، "ޑަބްލިއު.ޑީ.ސީ ހިޔަލަ ހޭންޑްބޯޅަ މުބާރާތް 8" ގައި އޭނާ ބޭނުންކުރި 9 ނަންބަރު ޖާޒީ ރަސްމީކޮށް ހުވަދޫ ރެކްރިއޭޝަނުން ރިޓަޔަރ ކޮށްފިއެވެ.

ހުވަދޫ ރެކްރިއޭޝަނުން މަޢުލޫމާތު ދޭގޮތުގައި، މި ނިންމުމަކީ އިބްރާހީމް އަޙްމަދު ކުޅިވަރުގެ މައިދާނުގައި ދެއްކެވި ސާބިތުކަމާއި، ބެހެއްޓެވި ފަރުވާތެރިކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ނިންމި ނިންމުމެކެވެ. މީގެ ފަހުން މި މުބާރާތުގެ އެއްވެސް މެޗެއްގައި އެއްވެސް ކުޅުންތެރިއަކު 9 ނަންބަރު ޖާޒީ ބޭނުން ނުކުރާނެ ކަމަށް އެ ފަރާތުން ވަނީ އިޢުލާންކޮށްފައެވެ.

300 × 250

ހުވަދޫ ރެކްރިއޭޝަނުން ކޮށްފައިވާ ޕޯސްޓް

އިބްރާހީމް އަޙްމަދަކީ ކުޅިވަރަށް އޮތް ލޯތްބާއި، ކުޅިވަރުގެ މައިދާނުގައި ދެއްކެވި ހުނަރުވެރިކަމުގެ ސަބަބުން ގިނަބައެއްގެ ލޯތްބާއި އިޙްތިރާމް ހޯއްދަވާފައިވާ ބޭފުޅެކެވެ. އޭނާގެ ކުޅިވަރުގެ ރޫޙާއި، އެ ދާއިރާއިން ދެއްކެވި ލާމަސީލު މިސާލަކީ މުޅި ޤައުމުގެ ކުޅިވަރު އާއިލާއަށް ލިބިގެންދިޔަ މުއްސަނދިކަމެކެވެ.

ހުވަދޫ ރެކްރިއޭޝަނުން ބުނިގޮތުގައި، އިބްރާހީމް އަޙްމަދަކީ އަބަދުވެސް އެ ފަރާތުގެ ހިތްތަކުގައި ޚާއްޞަ ޤަދަރެއް ދެވިފައިވާ ބޭފުޅެކެވެ. އަދި އޭނާގެ ހަނދާންތައް އަބަދުވެސް އާކުރަމުންދާނެ ކަމަށާއި، 9 ނަންބަރަކީ އަބަދުވެސް އިބްރާހީމް އަޙްމަދުގެ ނަންބަރު ކަމުގައި ހުވަދޫ ރެކްރިއޭޝަނުގެ ފަރާތުން ފާހަގަކުރެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި