1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޒަމާންވީ "ޓްރީ އޮފް ލައިފް" ގެ ސިއްރު ސައިންސްވެރިން ހޯދައިފި

Madagascar, Morondava, Baobab trees
މަރިޔަމް މިސްކް
4,375ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އިހުގައި ބައޯބާބު ގަސްތައް އުފެދުނު ގޮތުގެ ސިއްރު ސައިންސްވެރިން ވަނީ ހޯދައިފަ އެވެ. ޑީއެންއޭ ދިރާސާތަކުން ދައްކާ ގޮތުގައި މި އާދަޔާހިލާފު ގަސްތައް އެންމެ ފުރަތަމަ އުފެދިފައިވަނީ މީގެ 21 މިލިއަން އަހަރު ކުރިން މަޑަގަސްކަރައިގަ އެވެ. އޭގެ ފަހުން އޮސްޓްރޭލިއާ އާއި މެއިންލޭންޑަށް ވެސް ކަނޑުގެ ރާޅުތަކުގެ އެހީގައި އެ އޮށްތައް ގޮސް، ތަފާތު ވައްތަރުތަކަށް ބަދަލު (އެވޮލިއުޓް) ވެގެން ދިޔަ އެވެ. ސައިންސްވެރިން ބުނަނީ ގަސްތައް ހިމާޔަތް ކުރުމުގެ މަސައްކަތްތައް އިތުރަށް ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ. މިއީ ކުރިން ހީކުރި ވަރަށް ވުރެ ނެތިދިއުން ގާތް ވެފައިވާ ގަހެއް ކަމަށް ސައިންސްވެރިން ބުނެ އެވެ.

tree of life

ބައޯބާބު ގަސްތަކަށް ކިޔާ ނަންތަކުގެ ތެރޭގައި "ދިރިއުޅުމުގެ ގަސް"( ޓްރީ އޮފް ލައިފް) ނުވަތަ "އަޕްސައިޑް ޑައުން ގަސް"( އަޕްސައިޑް ޑައުން ޓްރީ) އެވެ. މިނަންތައް މިގަހަށް ލިބަފައިވަނީ މި ގަސް ހުންނަ އާދަޔާ ހިލާފު ގޮތާއި ،ތަފާތު ސިފަތަކުގެ އިތުރުން، ދިގު މުއްދަތެއް ވަންދެން ދިރިހުންނަ ގަހަކަށް ވާތީއެވެ. ނަމަވެސް މޫސުމަށް އަންނަ ބަދަލުތަކާއި، ގަސްގަހާގެހި ކެނޑުމުގެ ސަބަބުން މިބާވަތުގެ ގަސް ނެތިދިޔުމުގެ ބިރު ވަނީ ހީވެފައެވެ. ކޭވްގެ ރޯޔަލް ބޮޓެނިކް ގާޑަންސްގެ ޑރ އިލިއާ ލެއިޗް މި ދިރާސާގައި މަސައްކަތް ކުރީ އޭނާގެ ފިރިމީހާ ލަންޑަންގެ ކުއީން މެރީ ޔުނިވާސިޓީގެ ޕްރޮފެސަރު އެންޑްރޫ ލެއިޗްއާ އެކުގަ އެވެ.

300 × 250
"ޖަނަވާރުންނާއި ގަސްގަހާގެހީގެ އިތުރުން އިންސާނުންގެ ތަފާތު ކަންކަމަށް އެހީތެރިވެދޭ މުހިންމު ބާވަތެއް ކަމަށްވާ ބައޯބާބްގެ އަސްލު ދެނެގަނެވިފައި ވޭ،" އިންޓަވިއުއެއްގައި އޭނާ ބުނެފައި ވެއެވެ. "އަދި މި ޑޭޓާގެ ސަބަބުން މުސްތަގުބަލުގައި މިބާވަތުގެ ގަސް ހިމާޔަތް ކުރުމަށް ޓަކައި ބޭނުންވާ މުހިންމު އާ މައުލޫމާތު ހޯދިއްޖެ."

ސައިންސްވެރިން ވަނީ ބައޯބާބުގެ އަށް ބާވަތެއް ދިރާސާކޮށްފައެވެ. އޭގެ ތެރެއިން ހަ ބާވަތެއް މަޑަގަސްކަރައިން ފެނިފައިވާ އިރު، އެއް ބާވަތް އެފްރިކާއިން ފެނިފައިވެއެވެ. މީގެ އަނެއް ބާވަތަކީ ހުޅަނގު އުތުރު އޮސްޓްރޭލިއާއިން ފެނިފައިވާ ބާވަތެކެވެ.

Baobab Fruit

މަޑަގަސްކަރައިގެ ބައޯބާބްތަކުގެ ތެރެއިން އެންމެ ބޮޑު އަދި އެންމެ މަޝްހޫރު މަލަގާސީ ބާވަތެއް ކަމަށްވާ ޖަޔަންޓް ބައޮބާބްގެ އިތުރުން ނުރައްކަލަށް ހުށަހެޅިފައިވާ މަލަގާސީގެ ދެ ބާވަތެއް ނެތިދިޔުމުގެ ބިރު ބޮޑުވެ ހިމާޔަތް ކުރުމަށް މުހިންމު ސަމާލުކަމެއް ދޭންޖެހެއެވެ. ބައޯބާބަކީ އެކިއެކި ޘަޤާފަތްތަކާއި އާދަކާދަތަކާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ، ދުނިޔޭގައި ހުރި އެންމެ ފާހަގަކޮށްލެވޭ އެއް ގަހެވެ. މަލަގާސީ ބަހުން "ޖަންގަލީގެ މަންމަ" ގެ ނަމުން ވެސް މި ބާވަތުގެ ގަހަށް ނަން ދެވިފައިވެއެވެ. މީގެ އިތުރުން "ދިރިއުޅުމުގެ ގަސް" ނުވަތަ (ޓްރީ އޮފް ލައިފް) ގެ ނަމުންވެސް މަޝްހޫރުވެފައިވެއެވެ.

Baobab Fruit

އެތައް ހާސް އަހަރެއް ވަންދެން ދިރިއުޅޭ މި ގަސް ބޮޑު ވެފައި ބިޔައެވެ. މި ގަސް ހަނަފަސް ދުވަސްވަރު ދިރިހުރުމަށްޓަކައި ގަހުގެ ބުޑުގައި ގިނަ އަދަދަކަށް ފެން ރައްކާކުރެއެވެ. އެގަހުގައި އަޅާ ހުދު ކުލައިގެ ބޮޑެތި މާތަކަށް ރޭގަނޑު ވާތައް ފޮނިބޯން އަންނަނީ ވަރަށް ދުރަށް ދަތުރުކޮށްފައެވެ. އަދި ދޫނިތައް ހާލި ހަދަން މި ގަސް ބޭނުންކުރެއެވެ. ނޭޗާގައި ޝާއިއުކޮށްފައިވާ މި ދިރާސާއަކީ ވޫހާން ބޮޓެނިކަލް ގާޑަން (ޗައިނާ)، ރޯޔަލް ބޮޓަނިކް ގާޑަންސް (ކޭވް، ޔޫކޭ)، ޔުނިވާސިޓީ އޮފް އެންޓަނާނާރިވޯ (މަޑަގަސްކަރަ) އަދި ކުއީން މެރީ ޔުނިވާސިޓީ އޮފް ލަންޑަން (ޔޫކޭ) ގުޅިގެން ކޮށްފައިވާ ދިރާސާއެކެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި