ލަންޑަނުން ފުރައިގެން އައި ސިންގަޕޫރު އެއާލައިންސްގެ މޫސުންގޯސްވެ އެކަކު މަރުވެ އެތައް ބަޔަކު ޒަހަމްވެއްޖެ އެވެ.
އެ އެއާލައިނުން ބުނެފައިވާ ކަމަށް ބީބީސީގަ ރިޕޯޓް ކޮށްފައިވަނީ ފްލައިޓް އެސްކިއު 321 ގައި ޖުމްލަ 211 ފަސިންޖަރުންނާއި 18 ފަޅުވެރިން ތިބި ކަމަށެވެ.
އަދި ތައިލެންޑުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ފަސިންޖަރުންނަށް ބޭސްފަރުވާގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އިތުރު އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ބެންކޮކަށް ޓީމެއް ފޮނުވަމުން އަންނަ ކަމަށެވެ.
ތައިލެންޑުގެ ކަމާބެހޭ ފަރާތްތަކުން ވަނީ އެއާޕޯޓަށް އެމްބިއުލާންސާއި އިމަޖެންސީ ޓީމުތައް ފޮނުވައިފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.