މިފްކޯގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) އަޙްމަދު ސަމާޙު ރަޝީދު މިފްކޯގެ ސީއީއޯގެ މަގާމުންނާއި ބޯޑު ޑިރެކްޓަރުގެ މަގާމުން ވަކިކޮށްފިއެވެ. ސަމާހު މަގާމުން ވަކިކުރިކަން ހާމަކޮށްފައި ވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައެވެ.
ސަމާޙު މިފްކޯގެ ސީއީއޯ ކަމުގެ މަގާމުން ވަކިކުރުމުގެ ކުރިން އޭނާގެ މަޤާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައި ވަނީ 18 މާރޗްގައެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އެކަމާއި ގުޅޭގޮތުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކޯޕަރޭޓް ގަވަނެންސްއާ ގުޅުންހުރި މައްސަލަތަކެއް ޕީސީބީއަށް ހުށަހެޅުމާ ގުޅިގެން އެކަމުގެ ފުރިހަމަ އިންކުއަރީއެއް ހިންގުމުގެ ގޮތުން މަގާމުގެ މަސްއޫލިއްޔަތުތަކުން ސަމާހު އެކަހެރިކޮށްފައިވާ ކަމަށެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.