1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ބަންގްލަދޭޝް ލޭބަރުންނަށް ހުއްދަ ދިނުން ހުއްޓާލީ ސައްޙަ ނޫން ލިއުން ހުށަހަޅާތީ: މިނިސްޓްރީ

874A1820-1663251966899_uwnsz6-ezgif.com-webp-to-jpg-converter
މާލޭގައި މަސައްކަތް ކުރާ ބިދޭސީންތަކެއް -- ފޮޓޯ: އަދަދު
އަހުމަދު ލަޔާން
375ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ތަމްރީނު ލިބިފައި ނުވާ ބަންގްލަދޭޝް މަސައްކަތް ތެރިން ގެނައުމަށް ހުއްދަ ދޫކުރުން ހުއްޓާލީ ބައެއް ކުންފުނިތަކުން ސައްޙަ ނޫން ލިޔެކިއުންތައް ހުށަހަޅާތީ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މިކަމާއި ގުޅިގެން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އެ ވުޒާރާއިން ވިދާޅުވީ، ތަމްރީނު ލިބިފައި ނުވާ ބަންގްލަދޭޝް މަސައްކަތްތެރިންނަށް ކޯޓާ ދޫކުރުން ހުއްޓާލިތާ މިހާރު މަހެއްހާ ދުވަސް ވެދާނެ ކަމަށެވެ. އަދި ކޯޓާ ދޫކުރުން ހުއްޓާލީ ބައެއް ކުންފުނިތަކުން ސައްޙަ ނޫން ލިއެކިއުންތައް ހުށަހަޅައިގެން މީހުން އެތެރެ  ކުރާކަން ފާހަގަ ކުރެވިގެން ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

ދާޚިލީ ވުޒާރާއިން ވިދާޅުވީ، މިމައްސަލަ ވުޒާރާއިން ބަލަމުންދާ ކަމަށާއި، އަދި ކޯޓާ އަލުން ދޫކުރަން ފަށާނީ އެތަހުޤީޤު ނިމުމަށް ފަހު ކަމަށެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް އެ ވުޒާރާއިން ހާމައެއް ނުކުރައްވައެވެ.

300 × 250

ތަމްރީނު ލިބިފައި ނުވާ މަސައްކަތްތެރިން ބަންގްލަދޭޝްއިން ގެނައުމުގެ ހުއްދަ ދިނުން ނިމިދިޔަ ސަރުކާރުން ހުއްޓާލީ 2019 ވަނަ އަހަރުއެވެ. އޭގެ ފަހުން 2020 ވަނަ އަހަރު ޤާނޫނަށް ގެނައި އިސްލާހެއްގެ ތެރެއިން ރާއްޖޭގައި ލޭބަރުންގެ ގޮތުގައި މަސައްކަތްކުރުމަށް އެއް ޤައުމަކުން އެންމެ ގިނަވަގެން އެތެރޭވެވޭނީ 1 ލައްކަ މީހުން ކަމަށް ކަނޑައެޅިއެވެ. އޭގެ ފަހުންވެސް 1 ލައްކައަށްވުރެ ގިނަ ބަންގްލަދޭޝް މަސައްކަތްތެރިން ތިބި ކަމަށް ބުނެ އިތުރަށް ހުއްދަ ދޫ ނުކުރެއެވެ.

އޭގެފަހުން މިސަރުކާރުން ވެރިކަމާ ހަވާލުވުމަށް ފަހު ޤަވާއިދާއި އެއްގޮތަށް އަދި ޤަވާއިދާ ޚިލާފަށްވެސް އުޅެމުންދާ ބަންގްލަދޭޝް މަސައްކަތްތެރިންގެ ސާފު އަދަދު ކަށަވަރު ކުރިއެވެ. އެގޮތުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާނު އޭރު ވިދާޅުވީ ރާއްޖޭގައި އޭރު ތިބީ ބަންގްލަދޭޝްގެ، 90624 މަސައްކަތްތެރިން ކަމަށެވެ.

ހުއްދަ ދޫކުރަން ފެށި ފަހުން މާރިޗު މަހު މަޖިލީހުގައި ވަޒީރާއި ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އޭގެ ފަހުން 4000 އެއްހާ ބަންގްލަދޭޝް މަސައްކަތްތެރިން ރާޢްޖެ އެތެރެވެފައިވާ ކަމަށެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި