ސްކޫލްތަކުގައި އިސްލާމް ކިޔަވައިދޭން ބޭރު ޓީޗަރުން ގެންނަށް ނިންމި ނިންމުމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝައިޚް އަލީ ޒައިދު ރައްދު ދެއްވައިފިއެވެ.
ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވަނީ ހަރުކަށި ފިކުރަށް މީހުން ދަނީ އިސްލާމް މުޤައްރަރުގެ ސަބަބުން ނޫން ކަމަށާއި އިސްލާމް މުގައްރަރުތައް ހެދިފައި ވަނީ އެންމެ މީހެއް ނުވަތަ ދެމީހެއްގެ ވިސްނުމަށް ނޫންކަމަށެވެ. އަދި މުގައްރިރުތައް ހަދާފައި ހުންނަނީ އިސްލާމް ދީން ކިޔަވައިގެން ތިއްބެވި އެތައް ބޭފުޅުންނެއް ހިމެނޭ ކޮމިޓީއަކުންކަމަށާއި އެއަށްފަހު އިސްލާމިކް މިނިސްޓްރީގެ ސީދާ ބެލުމުމުގެ ދަށުން އިސްލާމް މުގައްރިރުތަކުގައި ހަރުކަށި ކަމަކަށް ހިތްވަރު ދެވިފައިނުވާކަންވެސް ޢަލީ ޒައިދު ފާހަގަކުރެއްވިއެވެ.
https://twitter.com/alizaid1000/status/1431809691647201285?s=20
https://twitter.com/alizaid1000/status/1431812107805224962?s=20
ރޭ ބޭއްވުނު އެމްޑީޕީގެ ޤައުމީ މަޖުލީހުގައި ވާހަކަފުޅު ދައްކަވަމުން އެޕާޓީގެ "މެއި ހަޔެއް" ކޮމިޓީގެ މުޤައްރިރު ހަސަން އަފީފް ވިދާޅުވީ މިދިޔަ ބްރާސްފަތި ދުވަހު އެޑިއުކޭޝަން މިނިސްޓަރާއި ބައްދަލުކޮށް ސްކޫލް ދަރިވަރުންގެ ތެރޭގައި ހަރުކަށި ފިކުރު އޮތް މިންވަރާމެދު ވާހަކަދެކެވުނު ކަމަށެވެ. ސްކޫލްތަކުގައި ހަރުކަށި ފިކުރު ފެތުރުނަ ނުދީ ހުއްޓުވުމަށް ރިވެންޝަން ޕްރޮގްރާމްތަކާއި ކްރިޓިކަލް ތިންކިންއާއި އެކަކު އަނެކަކަށް އިހްތިރާމްކުރުމާއި ގުޅޭގޮތުން ދަރިވަރުންނަށް އުނގަންނައިދިނުމަށް މަސައްކަތްތަކެއް ކުރައްވަމުން އަންނަކަމަށް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިކަމަށެވެ.
އަފީފް އިތުރަށް ވިދާޅުވެފައިވަނީ، އިސްލާމް މާއްދާގައި ހުރި ނަފްރަތު އުފައްދާފަދަ ބައިތައް އެ މާއްދާއިން އުނިކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ވިސްނަމުންދާކަމަށާއި، އެފަދަ ފިކުރުތައް ހުއްޓުވުމަށް އިސްލާމް މާއްދާ ކިޔަވައިދިނުމަށް ބިދޭސީ ޓީޗަރުން ގެނައުމުގެ ވިސްނުން ގެންގުޅޭކަމަށް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވެފައިވާކަމަށެވެ. ނަމަވެސް އިސްލާމް މާއްދާ ކިޔަވައިދިނުމަށް ގެންނަނީ ކިހާ އަދަދެއްގެ ޓީޗަރުންކަމެއް ހާމަކޮށްފައެއްނުވެއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.