1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މާލީ ބަޔާން ހުށަނާޅާ ކެންޑިޑޭޓުންނާ މެދު ގާނޫނުގައި ވާގޮތަށް އަމަލު ކުރާނެ: އީސީ

371457_3_776b1ec4ccf2750796997fef44678c5687c688d2_medium
އިލެކްޝަންސް ކޮމިޝަނުގެ ރައީސް، ފުއާދު ތައުފީގު
އަހުމަދު ލަޔާން
231ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ނިމިދިޔަ މަޖިލިސް އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓުންގެ މާލީ ބަޔާން ހުށަހަޅަން ހުޅުވާލި މުއްދަތުގެ ސުންގަޑި ހަމަވިއިރު މާލީ ބަޔާން ހުށަނާޅާ މީހުންނާ މެދު ގާނޫނުގައި ވާގޮތުގެ މަތިން އަމަލު ކުރާނެ ކަމުގެ ޔަގީންކަން އިލެކްޝަންސް ކޮމިޝަނުގެ ރައީސް، ފުއާދު ތައުފީގު ދެއްވައިފި އެވެ.

އެ ޔަގީންކަން ދެއްވައި ފުއާދު އެކްސްގައި ޕޯސްޓެއް ކުރެއްވީ ލޯކަލް ގަވަމަންޓު މިނިސްޓަރު، އާދަމް ޝަރީފް ކުރެއްވި ޕޯސްޓަކަށް ރިޕްލައި ކުރައްވަ އެވެ.

އާދަމް ޝަރީފްގެ ޕޯސްޓުގައި އޮތީ އިންތިހާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން މާލީ ބަޔާން ހުށަނާޅާ މީހުންނަށް ގާނޫނުން ކަނޑައަޅާފައި އޮންނަ އަދަބު ނުދެވޭ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

300 × 250

މަޖިލިސް އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓުންގެ މާލީ ބަޔާންތައް ހުށަހަޅަށް އީސީން ދިން މުއްދަތު މިދިޔަ ބުދަ ދުވަހަށް ހަމަވިއިރު، މާލީ ބަޔާން ހުށަނާޅަ 48 މީހަކު ތިބި ކަމަށް އެ ކޮމިޝަނުން މިއަދު ވަނީ ބުނެފަ އެވެ.

މަޖިލިސް އިންތިހާބުގައި 368 ކެންޑިޑޭޓުން ވާދަކުރި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު، ހަަސަން ޒަކަރިއްޔާ "އަދަދު" އަށް ވިދާޅުވީ ވަގުތު އީސީން ދިން މުއްދަތު ހަމަވިފަހުން ވެސް ބައެއް ކެންޑިޑޭޓުންގެ މާލީ ބަޔާންތައް ހުށަހަޅައިފައިވާ ކަމަށެވެ. އެ ތަފުސީލު މާދަމާ ހާމަ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންތިހާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުން މާލީ ބަަޔާން އިލެކްޝަންސަށް ހުށަހެޅުމަކީ ގާނޫނުން ލާޒިމުކޮށްފައިވާ ކަމެކެވެ.

މާލީ ބަޔާން ހުށަނާޅާ ނަމަ ނުވަތަ އޭގައި ދޮގު މައުލޫމާތެއް ހިމެނޭ ނަމަ އިލެކްޝަންސަށް އެ ކެންޑިޑޭޓަކަށް ދައުވާ ކުރަން ފޮނުވޭނެ އެވެ. އެ ކުށުގެ އަދަބަކީ އަހަރު ދުވަހަށް ޖަލަށް ލުން ނުވަތަ 72،000ރ. އިން ޖޫރިމަނާކުރުމެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި