މާލޭން ގެއްލިގެން ހޯދަމުން ދިޔަ އަންހެން ކުއްޖާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

އާއިލާއަށް ހަބަރު ނުވެގެން، ގެއްލިގެން ހޯދަމުން ގޮސްފައިވަނީ ތ. މަޑިފުށި/ ނައިޓްރޯސް، އާއިޝަތު ޒޯޔާ ފިކުރީ (14އ) އެވެ.

ފުލުހުން ބުނީ، އެކުއްޖާ ރޭގެ ވަގުތެއްގައި މާލޭން ފެނިފައިވާ ކަމަށާއި ކުއްޖާގެ ހާލު ރަނގަޅު ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ފުލުހުން މިހާތަނަށް އާންމު ކޮށްފައެއް ނުވެއެވެ.

ގެއްލުުނު ފެނިފައިވާއިރު، އެކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުން އެންމެ ފުރަތަމަ ފެށީ އާއިލާއިން އެ ކުއްޖާގެ ޚަބަރެއް ނުގެން ރިޕޯޓު ކުރުމުންނެވެ. ފުލުހުން މީގެ ކުރިން ބުނި ގޮތުގައި އެކުއްޖާ ދިރިއުޅެމުން ގޮސްފައިވަނީ ވިލިމާލޭގައެވެ. އަދި އެންމެ ފަހުން ކުއްޖާ ފެނިފައިވަނީ އެކުއްޖާ ދިރިއުޅެމުން ދިޔަ ގެއިން ކަމަށެެވެ.