1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ގައުމީ ފެންވަރުގައި އަޟްޙާ އީދު ފާހަގަ ކުރާނީ އުނގޫފާރު، ކުޑަހުވަދޫ އަދި ވިލިނގިލީގައި

0p
ރާއްޖޭގައި އީދުފާހަގަކުރުން....ފޮޓޯ:މޯލްޑިވްސްއިންސައިޑަރ
މަރްޔަމް ޝަފާ ސައީދު
2,437ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ގައުމީ ފެންވަރުގައި މި އަހަރުގެ އަޟްހާ އީދު ފާހަގަ ކުރާނީ ރ. އުނގޫފާރު އާއި ދ. ކުޑަހުވަދޫ އާއި ގއ. ވިލިނގިލީގައި ކަމުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ އިން ކަނޑައަޅައި އިއުލާންކޮށްފި އެވެ.

ރާއްޖޭގެ އުތުރުން އެއް ރަށުގައި، މެދުރާއްޖެ ތެރެއިން އެއް ރަށުގައި އަދި ދެކުނުގެ އެއް ރަށުގައި، ޖުމްލަކޮށް ބުނާނަމަ މުޅި ރާއްޖޭގައި އީދު ފާހަގަ ކުރުމަށް ނިންމާފައެވެ.

ރާއްޖޭގެ އުތުރުން އީދު ފާހަގަކުރަނީ ރ އުނގޫފާރުގައެވެ. މެދުރާއްޖެ ތެރޭގެ ރަށްތަކުގެ ތެރެއިން ކުޑަހުވަދޫގައި އީދު ފާހަގަ ކުރާއިރު، ދެކުނުގައި އީދު ފާހަގަ ކުރާނީ ވިލިނގިލީގައެވެ.

300 × 250

އަޟްހާ އީދު ފާހަގަ ކުރުމަށް ޝައުގުވެރިވާ ރަށް ރަށުން މިދިޔަ މަހުގެ 25 ގައި ހުޅުުވާލި ޕްރޮޕޯސަލް ގެ ފުރުސަތު ހަމަވިއިރު 26 ރަށަކުން ޕްރޮޕޯސަލް ހުށަހެޅިއެވެ. އެއީ ރާއްޖޭގެ އުތުރުން ހަތް ރަށަކާއި، މެދުރާއްޖެތެރެއިން 10 ރަށަކާއި، ރާއްޖޭގެ ދެކުނުން 9 ރަށެކެވެ.

އެ ވުޒާރާ އިން ބުނީ ރަށްތައް ކަނޑައެޅުމުގައި ބެލި ކަންތައްތަކުގެ ތެރޭގައި، އީދުގައި އެ ރަށަކުން ކުޅޭނެ ކުޅިވަރުތަކަށާއި ކުރާނެ ހަރަދުތަކާއި އަގެއް ނުނަގައި އެ ރަށަކުން ކޮށްދޭނެ ކަންތައްތައް ހިމެނޭ ކަމަށެވެ.

އަޟްޙާ އީދު ފާހަގަ ކުރުމަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅާފައިވާ ޕްރޮޕޯސަލްތައް ބަލައި މާކްސް ދިނުމަށް ހާއްސަ ކޮމެޓީއެއް އެކުލަވާލިއެވެ. ޕްރޮޕޯސަލްތައް ބަލައި މާކްސްދީ، ރަށްތައް ކަނޑައެޅީ މި ކޮމިޓީންނެވެ

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި