1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ފިޔާ ބަހައި ނިންމާލީ ކާމިޔާބު ކަމާއެކު, 44 ޓަނުގެ ފިޔާ 7000 މީހުންނަށް ފޯރުކޮށްދީފައި

ގހ
މިއަދު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބެހި، ޗެމްބަރ އޮފް ކޮމާސް އިން ހަދިޔާ ކުރި ފިޔާ - ފޮޓޯ: ދަ ކޮމޮނާސް
މަރްޔަމް ޝަފާ ސައީދު
763ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ޗައިނާގެ ޗެމްބަރ އޮފް ކޮމާސް އިން ހިޔާ ފުލެޓުގައި ދިރިއުޅޭ ފަރާތްތަކަށް ހަދިޔާ ކުރި ފިޔާ ބަހާ ނިންމާލީ ކާމިޔާބު ކަމާއެކު، 44 ޓަނުގެ ފިޔާ 7000 މީހުންނަށް ފޯރުކޮށްދީފައި ކަމަށް ކޮމޮނަރސް އެމްވީ އިން ބުނެފި އެވެ.

ޗައިނާގެ ޗެމްބަރ އޮފް ކޮމާސްގެ ދީލަތި އެހީއާއެކު ހިޔާ ފުލެޓުގައި ދިރިއުޅޭ އާއިލާތަކަށް ފިޔާ ބެހުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވި ޖަމިއްޔާ 'ދަ ކޮމޮނާސް' އިން ބުނީ ފިޔާ ބެހުމުގެ މަސައްކަތް މިއަދު ހެނދުނު 09:00 ގައި ފަށައިގެން އިރުއޮއްސުމާ ހަމައަށް ކުރިއަށް ގެންދިޔައިރު ބަހާފައި ވަނީ ވަކި ފްލެޓެއްގެ ވަކި ބަޔަކަށް ނުބަލާ، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހުރިހާ ރައްޔިތުންނަށް ކަމަށެވެ.

އެގޮތުން މަސައްކަތް ނިންމާލީ ޖުމުލަ 44 ޓަނުގެ ފިޔާ، 7000 އަށް ވުރެ ގިނަ މީހުންނަށް ފޯރުކޮށްދީފައި ކަމަށް ދަކޮމޮނަރސް އިން ވަނީ ބުނެފައެވެ.

300 × 250

ފިޔާ ބެހުމުގެ މި ބޮޑު ޙަރަކާތް ނިންމާލުމުގެ ރަސްމިއްޔާތެއް މި މަހުގެ 29 ވަނަ ދުވަހު ސަލާހުއްދީން ސުކޫލުގައި ބޭއްވުމަށް ރާވާފައިވާއިރު މި ރަސްމިއްޔާތުގައި، ޗައިނާގެ އެމްބަސީގެ އިތުރުން، ޗެމްބަރ އޮފް ކޮމާސް އިންވެސް ބައިވެރިވާނެކަމަށް އެ ޖަމިއްޔާއިން ވަނީ ހާމަކޮށްފައެވެ.

cvv

މިއަދު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބެހި، ޗެމްބަރ އޮފް ކޮމާސް އިން ހަދިޔާ ކުރި ފިޔާ - ފޮޓޯ: ދަ ކޮމޮނާސް

ހަމަމިއާއެކު އަދިވެސް މުސްތަގުބަލުގައިވެސް މި ފަދަ ޙަރަކާތްތައް ހިންގާނެކަން ދަ ކޮމޮނާސް އިން ވަނީ ފާހަގަކޮށްފައެވެ. އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިފަދަ ޙަރަކާތްތައް ހިންގުމަށް ފުރުސަތުތައް ފަހިވާނެ ކަމަށް އުއްމީދު ކުރާކަމަށްވެސް ވަނީ ބުނެފައެވެ.

ހާއްސަކޮށް ހުޅުމާލޭ ފޭސްދޭއްގައި ދިރިއުޅޭ ހިޔާޓަވަރުތަކުގެ އާއިލާތަކަށް އެކިކަހަލަ ކަންކަމުގައި އަޑުއުފުލައި އެހީތެރިވަމުންދާ ދަ ކޮމޮނަރސް މަޝްހޫރުވެފައި ވަނީ ކޮތަރުކޮށި ޖަމިއްޔާގެ ނަމުންނެވެ.

ހަހާހަށްވުރެ ގިނަ ރައްޔިތުން އުޅޭ މި ޖަމްޢިއްޔާއަކީ ދިވެހި ރާއްޖޭގައި ބޮޑުވެފައިވާ ގެދޮރުވެރިކަމުގެ މައްސަލައިގައި އެންމެ ބޮޑަށް އަޑުއުފުލާ ޙަރަކާތްތެރިވާ ޖަމިއްޔާ ކަމަށްވާއިރު، މިއީ ރާއްޖޭގައި އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ވެސް ހައްގަށް ވަކާލާތު ކުރުމަށް ކުރިއަށް ނުކުމެ ތިބި ބައެއްކަން ފާހަގަކޮށްލަމެވެ. އަދި މި ޖަމިއްޔާއިން ހިޔާޓަވަރުތަކުގައި ދިރިއުޅޭ އާއިލާތަކަށް ކަންކަމުގައި މަގު ފަހިކޮށްދިނުމުގައި އަބަދުވެސް އެންމެ ކުރީ ސަފުގައި ތިބޭކަމަކީވެސް އުފާވެރި ހަގީގަތެކެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި