ފަނޑިޔާރަކު އަމިއްލައަށް މައްސަލައެއް ނިންމީ ބައެއްގެ ނުފޫޒުންނޭ ބުނާ ހިސާބުން މަގާމުން ޢަޒުލު ކުރަން ޖެހޭ ކަމަށް ޑރ މުހައްމަދު އިޔާޒް އަބްދުލް ލަތީފް ވިދާޅުވެއްޖެއެވެ.

ޑރ އިޔާޒް މިހެން ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ފަސްއަހަރަށް ޖަލަށްލާން ކޮށްފައިވަ ހުކުމް އިއްވިއިރު ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވި ފަނޑިޔާރުންގެ ތެރެއިން ބައެއް ފަނޑިޔާރުންގެ އޯޑިއޯތަކެއް ލީކުވެ ހުކުމާއިމެދު ގިނަ ބަޔަކު ސުވާލު އުފައްދަމުން ދަނިކޮށް ދާދި ދެންމެއަކު ކުރެއްވި ޓުވީޓެއްގައެވެ.

އެޓުވީޓުގައި ޑރ އިޔާޒް ވިދާޅުވީ، ފަނޑިޔާރުންނަކީ ވަކި ފަރާތަކަށް ބުރަނުވެ, ނުފޫޒުތަކުން އެއްކިބާވެގެން ތިބެންޖެހޭ ބަޔެއް ކަމަށާއި، ފަނޑިޔާރަކު އަމިއްލަ އަށް ތިމަންނާ މިވެނި މައްސަލައެއް ނިންމީ ބަޔަކު މީހުންގެ ނުފޫޒުންނޭ ބުނާ ހިސާބުން މަގާމުން ޢަޒުލް ކުރަން ޖެހޭކަމަށެވެ.

މިކަމާ ގުޅިގެން މިރޭ ޕީޕީއެމް ޕީއެންސީ ކޯލިޝަނުންވެސް ވަނީ ގަރާރެއް ނެރުއްވާފައެވެ. އެގަރާރުގައިވަނީ އެއްވެސް ޝަރުތަކާ ނުލާ ރައީސް ޔާމީން މިނިވަންކޮށްދެއްވުމަށް ގޮވާލައްވާފައެވެ.