1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އަހަރުގެ މެދުތެރެއަށް ދިރާސީ އަހަރު ބަދަލު ކުރުމުން 1.5 ބިލިއަން ރުފިޔާގެ ގެއްލުންވި: ވަޒީރު

389907_3_238093215b43495b49e74f7aa8f95d5f58ab28f0_medium
ތައުލީމާއި ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީޢު
އަހުމަދު ލަޔާން
867ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ނިމިދިޔަ ސަރުކާރުން އަހަރުގެ މެދުތެރޭ ދިރާސީ އައު އަހަރު ފަށާގޮތަށް ނިންމި ނިންމުމުގެ ސަބަބުން ދައުލަތުގެ މާލިއްޔަތަށް ބޮޑު ގެއްލުމެއް ވެފައިވާކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ކުރީ ސަރުކާރުން ދިރާސީ އަހަރު ފަށާ ދުވަސްވަރަށް ބަދަލު ގެނެސްފައިވަނީ އެކަމަށް ޚިޔާލު ހޯދި މީހުންގެ ތެރެއިން %70 މީހުންގެ ޚިޔާލާ ދެކޮޅަށް ކަމަށް ތަޢުލީމީ ވުޒާރާއިން ކުރިން ވަނީ ވިދާޅުވެފައެވެ.

މީލާދީ އަހަރުގެ މެދުތެރޭ ދިރާސީ އަހަރުގެ ކިޔެވުން ފަށާގޮތަށް މިދިޔަ ސަރުކާރުން ބަދަލުކުރީ 2021 ވަނަ އަހަރުއެވެ. އޭރުގެ ސަރުކާރުން މި ބަދަލު ގެނެސްފައިވަނީ ކޮވިޑު 19އާ ގުޅިގެން ދަރިވަރުން ސްކޫލަށް ހާޒިރުނުވެވި ދޮޅު އަހަރު ދުވަސް ހޭދަވިފަހުންނެވެ. މި ބަދަލު ގެނައުމާ ގުޅިގެން ދިރާސީ އަހަރުގެ ކިޔެވުން އެ އަހަރު ފެށީ އޮގަސްޓު މަހުގެ 10 ވަނަ ދުވަހުއެވެ. އޭގެފަހުން މިއަހަރާ ހަމައަށް ދިރާސީ އަހަރުގެ ކިޔެވުން ފަށަމުން އައީ އޮގަސްޓު މަހުއެވެ.

300 × 250

މިދިޔަ ސަރުކާރުން އަހަރުގެ މެދުތެރޭ ދިރާސީ އަހަރުގެ ކިޔެވުން ފަށާގޮތަށް ބަދަލުކުރީ ރައްޔިތުންގެ ނުރުހުމުގައި ކަމަށް ވިދާޅުވެ, އަހަރު ފަށާއިރު ދިރާސީ އަހަރުގެ ކިޔެވުން ފަށާގޮތަށް ބަދަލު ކުރައްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވަޢުދުވެވަޑައިގެންފައެވެ. އަދި ރައީސްގެ މި ވަޢުދުފުޅާ އެއްގޮތަށް 2026 ވަނަ އަހަރު، ދިރާސީ އަހަރުގެ ކިޔެވުން ފަށާއިރު ޖެނުއަރީގައި ފަށާގޮތަށް ބަދަލުކުރަން ތަޢުލީމީ ވުޒާރާއިން ވަނީ ނިންމަވާފައެވެ.

ދިރާސީ އަހަރު، އަހަރުގެ މެދުތެރޭ ފަށާ ގޮތަށް ބަދަލު ކުރުމުން ލިބުނު ގެއްލުންތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ ދިރާސީ އަހަރަކަށް ދައުލަތުން ގާތްގަނޑަކަށް 3 ބިލިޔަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާ ކަމަށެވެ. މިގޮތަށް ބަޖެޓު ކަނޑައަޅާއިރު ދިރާސީ އަހަރުން 6 މަސް ދުވަސް ނަގާލުމުން އެ ބަޖެޓުން 1.5 ބިލިޔަން ރުފިޔާގެ ގެއްލުން ލިބޭކަމަށް ވަޒީރު ވިދާޅުވިއެވެ.

"ދައުލަތުގެ މާލިއްޔަތަށް ގެއްލުންވުމުގެ އިތުރަށް ދިރާސީ އަހަރުގެ ފެށުން ލަސްކޮށްލުމުން އެ ކުދިންގެ ޢުމުރުން 6 މަސް ދުވަސް ގެއްލިގެން އެދަނީ. އެކުދިންނަށް 6 މަސް ދުވަސް ފަހުން ގްރެޖުއޭޓް މިވެވެނީ. އަޅުގަނޑުމެން ކުރަން މިއުޅޭ ކަމަކީ މިކަންކަން ހައްލު ކުރުން." ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.

ވަޒީރު ވަނީ 2026 ވަނަ އަހަރު ދިރާސީ އަހަރުގެ ކިޔެވުން ޖެނުއަރީގައި ފަށާގޮތަށް ބަދަލު ކުރުމުގެ ގޮތުން މިހާރު ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވެސް ވާހަކަ ދައްކަވާފައެވެ. އެގޮތުން މި ބަދަލު ގެންނާނީ 5 ޓާމެއްގެ މައްޗަށް ކުރިއަށް އޮތް ދިރާސީ އަހަރުތައް ބަދަލު ކޮށްގެންކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މި ބަދަލު ގެންނަނީ ކެމްބްރިޖުން ކިޔަވައިދިނުމަށް ކަނޑައަޅާފައިވާ ގަޑިތަކުގެ އުޞޫލާ ޚިލާފުނުވާ ގޮތަށް، ކަމާބެހޭ ފަރާތްތަކުގެ ލަފާ ހޯދައިގެންކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ތަޢުލީމީ ވުޒާރާއިން މިހާރު ނެރެފައިވާ އެކެޑެމިކް ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ދިރާސީ އަހަރު މިމަހު 26ގައި ފަށާފައިވާއިރު މި ދިރާސީ އަހަރުގެ ކިޔެވުން ނިމޭނީ 2025 ވަނަ އަހަރުގެ މާރޗް މަހުގެ 6 ވަނަ ދުވަހުއެވެ. އަދި 2025 ވަނަ އަހަރުގެ ދިރާސީ އަހަރު ފަށާނީ އެޕްރީލް 6 ގައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި