1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް އަންހެނަކު ހޯދަނީ

mmm
ފާޠިމަތު ޔުސްރާ، އއ. މާޅޮސް ހިތްފަސޭހަގެ (36އ) .
އައިޝަތު އަންޖަަލް
1,399ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް އަންހެނަކު ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ.

މި މައްސަލައަކީ ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ހޯދާމުންދާ މީހެއް ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

އެމިހާ ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށްވެސް ފުލުހުން ބުނެއެވެ.

300 × 250

ހޯދަން އިއުލާން ކޮށްފައިވަނީ ފާޠިމަތު ޔުސްރާ، އއ. މާޅޮސް ހިތްފަސޭހަގެ (36އ) އެވެ.

އޭނާ ހާޒިރުކުރަނީ މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް ކަމަށްވެސް ބުނެފައި ވެއެވެ.

ހާޒިރުވާން ޖެހޭނީ ސާޖަންޓް އާދަމް ހަލީމް ކްރައިމް އިންވެސްޓިގޭޝަން ބިލްޑިންގ ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް ކަމަށާއި،  2024 ޖޫން 3 ވަނަ ދުވަހުގެ 14:00 ގެ ކުރިން ހާޒިރުވާން ޖެހޭ ކަމަށްވެސް ބުނެފައި ވެއެވެ.

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި