ތިނަދޫ ސިޓީ ޑަބްލިއުޑީސީ ވޮލީބޯޅަ މުބާރާތުުގަައި މިއަދު ހަވީރު ކުޅުނު އަންހެން ޑިވިޝަނުގެ މެޗުގައި ސީދާ 3 ސެޓުން އިންފިނިޓީ ބަލިކޮށް ލީގްގެ 1 ވަނަ މަގާމު ޑީއާރުސީ ވިމެންސް ކަށަވަރު ކޮއްފިއެވެ.
ތިނަދޫ ސިޓީ ސްޓޭޑިއަމް ވޮލީ ކޯޓުގައި ވަރަށް ފޯރި ގަދަ ކޮށް ކުރިޔަށްދާ މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުން ޑީއާރުސީ މޮޅު ވުމުން އެ ޓީމަށް ވަނީ ކުޅުނު 2 މެޗުން ވެސް މޮޅުވެ 6 ޕޮއިންޓް ލިބިފައެވެ. އަދި ކުޅުން 2 މެޗުން ބަލި ވުމުން އިންފިނިޓީ ވަނީ ޕޮއިންޓް ޓޭބަލްގެ އެންމެ ފަހަތުގައެވެ.
މިއަދުގެ މެޗް މޮޅު ކުޅުންތެރިޔާ އަކީ ޑީއާރުސީ ވިމެންސް ގެ ޖަރޒީ ނަންބަރު 17 އާމިނަތު ސަދާ އެވެ.
ތިނަދޫ ސިޓީ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމެޓީ އާއި މިނިސްޓްރީ އޮފް ސްޕޯޓްސްގެ ތިނަދޫ ސިޓީ ސްޓޭޑިއަމް ގުޅިގެން ކުރިޔަށް ގެންދާ މި މުބާރާތުގައި މުޅިއެކު 11 ޓީމް ވަނީ ބައިވެރިވެފައެވެ. އަންހެން ޑިވިޝަނުގައި 5 ޓީމު ވާދަކުރާއިރު ފިރިހެން ޑިވިޝަނުގައި 6 ޓީމު ވާދަކުރެއެވެ. ފިރިހެން ޑިވިޝަނުގައި ބައިވެރިވެފައިވާ ޓީމުތަކަކީ ޝޫޓިންގް ސްޓަރ، މޯލްޑިވްސް ސްޓަރ، ސްކޯޕިއަންސް، ޑީސީ މެންސް، ސޭމް ސޭމް އަދި ތިނަދޫ ޕޮލިހެވެ.
ޑީއާރުސީ ވިމެންސް އާއި އިންފިނިޓީ ކުޅުނު މެޗްގެ ތެރެއިން. ފޮޓޯ : ރާޅު އަރޓް އެންޑް ޑިޒައިން
އަންހެން ޑިވިޝަނުުގަައި ވާދަކުރާ ޓީމުތަކަކީ ފިޓް ފެމިނައިން، އޯލް ސްޓަރ، ޑީއާރުސީ ވިމެންސް، އިންފިނިޓީ އަދި ކުއީން ބީސް އެވެ.
މި މުބާރާތުގެ އެސޯސިއޭޓެޑް ޕާޓްނަރަކީ ތިނަދޫ ސިޓީ ސްޓޭޑިއަމެވެ. މީޑިއާ ޕާޓްނަރަކީ ހުވަދޫ މީޑިއާއެވެ. ފޮޓޯގްރަފީ ޕާޓްނަރަކީ ރާޅުއެވެ. ގްރެޕިކްސް ޕާޓްނަރަކީ ޗައްޕަލާ ސްޓޫޑިއޯއެވެ.
ޖޫން މަހުގެ 5 ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައިވަނީ ތިނަދޫ ސިޓީ ސްޓޭޑިއަމްގެ ވޮލީ ކޯޓުގައެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.