ރައްޔިތުންގެ މަޖިލިހުގެ 20 ވަނަ ދައުރުގެ ރައީސްކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އިންތިހާބުވެއްޖެ އެވެ.
މެމްބަރު އަބްދުއްރަހީމް އަބްދުﷲ، މަޖިލިހުގެ ރައީސްކަމަށް އިންތިހާބުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ 71 މެމްބަރުންގެ ވޯޓާއިއެކުގައެވެ.
92 މެމްބަރުންގެ ބައިވެރިވުމާއިއެކު ކުރިއަށްދިޔަ ސިއްރު ވޯޓުގައި އަބްދުއްރަހީމް ރައީސްކަމަށް އިންތިހާބުކުރަން ވޯޓު ދެއްވީ 71 މެމްބަރުންނެވެ. އަދި ނާޒިލް އިންތިހާބުކުރަން ވޯޓު ދެއްވީ 14 މެމްބަރުންނެވެ. ބާތިލު 7 ވޯޓުވެސް ހިމެނެ އެވެ.
މަޖިލީހުގެ މެމްބަރުން ހުވާކުރެއްވުމަށްފަހު މަޖިލިހުގެ ރައީސްކަމަށް ވާދަކުރައްވަން، މިއަދު ހެނދުނު ކުރިއަށްދިޔަ ޖަލްސާއަށް ނަން ހުށަހެޅުއްވީ އަބްދުއްރަހީމްގެ އިތުރުން ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް އެވެ..
މަޖިލީހުގެ ނައިބު ރައީސް އިންތިހާބު ކުރުމުގެ ވޯޓުލުންވެސް މިއަދުގެ ޖަލްސާގައި ކުރިއަށްދާއިރު މި މަގާމަށް ނަން ހުށަހަޅުއްވާފައިވަނީ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމްގެ ނަމާއި މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީގެ ނަމެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.