1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޕީޕީއެމް ޕީއެންސީ މެމްބަރުން ރައީސް އޮފީހުގެ ކުރިމަތީގައި އިހުތިޖާޖު ކުރަން ފަށައިފި

237272219-359366962568044-1517169915118154304-n-876x657
ޢަޒީޒާ އަފީފް
502ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒް ފޯރުވާ ކަމަށް ގާޒީންގެ އޯޑިޔޯއިން ހާމަވެގެންދާތީ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުން ރައީސް އޮފީހަށް މިއަދު ވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖުލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަހެޅުމުން އެމައްސަލަ މިއަދުގެ ބަހުސަށް ހޮވިފައިނުވާތީ މަޖުލިސް ތަޅުމުގައި އިހުތިޖާޖު ކުރުމަށްފަހު އިދިކޮޅު މެމްބަރުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސްކުރިމަތީގައިވެސް އިހުތިޖާޖުކޮށްފައެވެ.

މަޖުލީހުގެ ޖަލްސާ މެދުކަނޑާލުމުން ޕީޕީއެމް ޕީއެންސީގެ މެމްބަރުން ރައީސް އޮފީސް ކުރިމަތީގައި އިހުތިޖާޖް ކުރުމަށްފަހު މާގިނަ އިރުތަކެއްނުވެ ރައީސް އޮފީހަށް ވަދެ ވަޑައިގަތީއެވެ. އެހެންނަމަވެސް އިރުކޮޅެއްނުވެ ބޭރަށް ނުކުމެ އޮފީސްކުރިމަތީ މަޑުކުރައްވައިގެން ތިއްބެވީއެވެ.

300 × 250

ޕީޕީއެމްއާއި ޕީއެންސީގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ރައީސް އޮފީހަށް ވަދެވަޑައިގެން ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުން އެދިވަޑައިގަތީ ރައީސް އިބްރާޙީމް މުހައްމަދު ސޯލިހްއާ ބައްދަލު ކުރެއްވުމަށެވެ. އެ ގޮތަށް އެދިވަޑައިގަތުމުން، ރައީސް އޮފީހުގެ މޭޒުން ބޭރުގައި މަޑުކޮށްލައްވަން އެދިވަޑައިގަތުމުން މަޑު ކުރައްވައިގެން ތިއްބެވީ ކަމަށް ހީނާ ވިދާޅުވިއެވެ.

މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ހުށަހެޅި މައްސަލައިގެ ބަހުސް ކުރިޔަށް ގެންދިޔަ ވަގުތު އިދިކޮޅު މެމްބަރުން ދިޔައީ މަޖުލިސްތެރޭގައި އަޑުގަދަކުރަމުންނެވެ. ހަމައެއާއެކު ޤާޒީންގެ އޯޑިޔޯއަކީ އިދިކޮޅުން ރިޝްވަތު ދީގެން ހަދާފައިވާ އަޑުތަކެއް ކަމަށް ދޮންބިލެތް ވަނީ ވިދާޅުވެފައެވެ. އެއާއެކު އިދިކޮޅު މެމްބަރުން އިތުރަށް ހޫނުވެ ބަހުސް ކުރިޔަށް ނުގެންދެވިގެން މަޖުލިސް މެދުކަނޑާލެވުނެވެ.

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި