1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ކުޅިވަރާއި ތައުލީމަށް އަދި މަސްވެރިކަމަށް ގިނަ ހިދުމަތްތަކެއް ކުރެއްވި ހާފިޒް ނިޔާވެއްޖެ

އަހުމަދު ހާފިޒް
މަރްޔަމް ޝަފާ ސައީދު
678ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ކުޅިވަރާއި ތައުލީމަށް އަދި މަސްވެރިކަމަށް ވެސް ގިނަގުނަ ހިދުމަތްތަކެއް ކުރައްވާފައިވާ އަހުމަދު ހާފިޒް ނިޔާވެއްޖެއެވެ.

މާފަންނު ޒިޔާރަތްދޮށުގޭ 66 އަހަރުގެ އަހުމަދު ހާފިޒު ނިޔާވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވާތާ ގާތްގަނޑަކަށް ނުވަ ވަރަކަށް އަހަރު ފަހުން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައެވެ.

ދިރާގުގެ ބޯޑުގެ މެމްބަރުކަން ކުރެއްވުމުގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފިޝަރީޒް މިނިސްޓްރީގެ ނައިބުކަން ކުރައްވައިފައިވާ ހާފިޒު ވަނީ މަސްވެރިކަމުގެ ކަންކަމުގައި އެތައް ހިދުމަތްތަކެއް ކުރައްވާފައެވެ.

300 × 250

މަސްވެރިކަމުގެ ސިޔާސަތު ރޭވުމާއި މަސްވެރިކަމާ ގުޅޭ މައުލޫމާތުތައް މީހުންނަށް ފޯރުކޮށްދެއްވުމާއި، މަސްވެރިކަމާމެދު އާންމުންގެ ނަޒަރިއްޔާތު ބަދަލުކުރައްވައި އާންމުން އެކަމަށް ހޭލުންތެރި ކުރުވުމުގައިވެސް ހާފިޒު ވަނީ ފާހަގަ ކޮށްލެވޭ ވަރުގެ އެތައް ގިނަ ހިދުމަތްތަކެއް ކުރައްވާފައެވެ. ހާފިޒު ވަނީ ރާއްޖޭގެ މެރިން ރިސާޗް ސެންޓަރު އުފެދުނީއްސުރެ އެ ތަނުގައި ވަރަށް އިސް ދައުރެއް އަދާކުރައްވައިފައެވެ.

އިނގިރޭސި ބަހުންނާއި ދިވެހި ބަހުން މަސްވެރިކަމާ ގުޅޭ ގިނަ ލިޔުންތަކެއް ލިޔުއްވި ހާފިޒު ވަނީ "ރަސްއައިން"ގެ އެޑިޓަރުކަން ވަރަށް ގިނަ ދުވަހު ކުރައްވައިފައެވެ.

ބާސްކެޓް ބޯޅަ އެސޯސިއޭޝަންގެ ރައީސްކަން ވެސް ކުރެއްވި ހާފިޒު ވަނީ ކުޅިވަރާއި ތައުލީމަށް ވެސް ގިނަ ހިދުމަތްތަކެއް ކުރައްވާފައެވެ. ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާއިރު ހާފޒު ވަނީ އަހުމަދިއްޔާ ސްކޫލަށް 20 އަހަރެއްހާ ދުވަހު ހިދުމަތް ކުރައްވައި އެ ސްކޫލުގެ ސީނިއާ އެސިސްޓެންޓް ޕްރިންސިޕަލް ކަން ވެސް ރެއްވިއެވެ.

ރާއްޖޭގެ ކަނޑުތަކުގައި އުޅޭ މަސްމަހުގެ މައުލޫމާތު އެނގިވަޑައިގަންނަވާ ހާފިޒު ވަނީ މަހަކަށް "ހާފިޒް"ގެ ނަން ދެއްވާފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި