ދައުލަތުގެ މީޑިޔާ ޕީއެސްއެމްއާ އައުމެނޭޖްމަންޓް ހަވާލުވުމާ ހަމައަށް ކުންފުނީގެ ދަރަނި އޮތީ 261 މިއަލަން ރުފިޔާއަށް ވުރެ މަތީގައި ކަމަށް ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ޒީނާ ޒާހިރު ވިދާޅުވެއްޖެއެވެ. ޕީއެސްއެމްއިން ދައްކަން ޖެހޭ 261 މިލިއަން ރުފިޔާގެ ދަރަނީގެ ތަފުސީލަށް ބަލާލާއިރު،

  • ސަރުކާރުގެ އިދާރާތަކާއި ސަރުކާރު ޙިއްސާވާ ކުންފުނިތަކަށް ދޭންޖެހޭ 122 މިލިއަން
  • އަމިއްލަ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކަށް 26 މިލިއަން
  • ބައިނަލްއަގުވާމީ އެކި ފަރާތްތަކަށް، ބޭރުގެ ލޯނު 24 މިލިއަން
  • ޝެއަރހޯލްޑަރސް ލޯނު 87 މިލިއަން

އައު މެނޭޖްމަންޓް ހަވާލުވުމާ ހަމައިން 26 މެއި 2024ގެ ނިޔަލަށް ވަނީ ޖުމުލަ 9 މިލިއަން ރުފިޔާ ދައްކައި ހަލާސްކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ؛ ރާއްޖޭގެ ފަރާތްތަކަށް 2 މިލިއަން ރުފިޔާ ރާއްޖެއިން ބޭރުގެ ފަރާތްތަކަށް 4 މިލިއަން ރުފިޔާ ކޯޓު ކޭސް (ޖޭ އެމް ޖޭ) 2 މިލިއަން ރުފިޔާ 28 ނޮވެންބަރު 2024 އިން ފެށިގެން 28 މެއި 2024 ގެ ނިޔަލަށ،ް ޔޫޓިލިޓީ ހިދުމަތް ފިޔަވައ،ި މިކުންފުނިން ރާއްޖޭގެ އެކި ކުންފުނިތަކާއި އަމިއްލަ ފަރާތްތަކުން ހޯދާފައިވާ ހުރިހާ ހިދުމަތަކަށް ދަނީ ފައިސާ ދައްކަމުން ކަމަށް ޒީނާ ވަނީ ވިދާޅުވެފައެވެ. ީްޒީނާ ވިދާޅުވީ ކުންފުނީގެ ހަރަދު ކުރަން އެތައް ގިނަ ކަންތަތަކެއް ކުރެއްވި ކަމަށެވެ. އެގޮތުން ޚަރަދުކުޑަކުރުމަށްޓަކައި ކުންފުނީގެ ހިންގުމަށް ކުރާ ހޭދައިގެ %20 ވަނީ ކުޑަކޮށްފާވާކަމަށް ޒީނާ ވިދާޅުވިއެވެ. ހަރަދު ކުޑަކުރުމަށް، ކުންފުނިން ނަގައިފައިވާ ބައެއް ބްރޯޑްކާސްޓް ފުރިކުއެންސީއާއި ބައެއް ލައިސަންސު ފީގެ އިތުރުނ،ް މިފަދަ ބައެއް ފިކުރީ މުދަލަށް (އައިޕީތަކަށް) ވޭތުވެދިޔަ ތަނުގައި ފައިސާ ދެއްކިފައިނުވުމުގެ ސަބަބުން އަރަމުންދާ ޖޫރިމަނާ ކުޑަ ކުރުމަށްޓަކައި ބައެއް ފުރިކުއެންސީއާއި ބައެއް ލައިސަންސް ދޫކޮށްލަނ،ް ކަމާ ގުޅޭ އިދާރާތަކަށް ހުށަހަޅާފައިވާ ކަމަށް  ޒީނާ ވިދާޅުވިއެވެ. ކުންފުނީގެ ބޭރުން މީހުން ނަގައިގެން ކުރަމުން ދިޔަ ގިނަ މަސައްކަތްތައް އިންޓަރނަލައިޒްކޮށ،ް މިފަދަ މަސައްކަތްތަކަށް ކުންފުނީގެ ދާއިމީ މުވައްޒަފުން ބޭނުންކުރަން ވަނީ ފަށާފައި ކަމަށާއި ޒަމާނުއްސުރެ އަޑާއި ޓީވީގެ ދެ އިމާރާތުގައި ވަކީން ކުރަމުން އަންނަ މަސައްކަތްތަކާއި ދޭ ޚިދުމަތްތައް އެއްފުރާޅެއްގެ ދަށަށް ބަދަލުކުރަން ނިންމައ،ި ފިޔަވަހިތަކަކަށް ބަހައިލައިގެން އެކަމާ ގުޅޭ މަސައްކަތްތައް ވަނީ ފެށިފައި ކަމަށާއި މި މަސައްކަތ،ް މި އަހަރުގެ ޑިސެންބަރުގެ ނިޔަލަށް ނިންމައިލެވޭނެކަމަށް ޒީނާ ވަނީ ވިދާޅުވެފައެވެ. އާމުދަނީ އިތުރުކުރުމަށްޓަކައި ކުރަން ރާވައިފައިވާ ބައެއް މުހިންމު މަސައްކަތްތައް ކުންފުނީގެ ރައުސްމާލު އިތުރުކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނި ހިންގުމަށްޓަކައ،ި ޕީއެސްއެމް ބިލްޑިންގ އިމާރާތްކުރުން ޕާކުކުރާނޭ ޖާގައާއި ގަރާޖު ހިމެނޭހެނ،ް އަޅާ 24 ބުރީގެ އެކުވެނި އިމާރާތެއް ކަމަށާއި ފަތުރުވެރިކަމުގެ ސިނާއަތަށް ހާއްސަ ޗެނަލ،ް މޯލްޑިވްސް ޓީވީގެ ކަވަރޭޖު ފުޅާކޮށް މިހާރަށް ވުރެ ގިނަ މާކެޓުތަކާއި އޯޑިއަންސްތަކަށް ހިދުމަތްދިނުން، ޕީއެސްއެމް ސުޓޫޑިއޯ ކޮމްޕްލެކްސް ވޭތުވެ ދިޔަ ތަނުގައި އިންވެސްޓްކޮށްފައިވާ ޕީއެސްއެމްގެ އެލްއީޑީ ވޯލް އިންފްރާސްޓްރަކްޗަރ އަލުން ބޭނުންކުރެވޭ ހާލަތަށް ގެނައުމާއ،ި ހިދުމަތް ފުޅާކޮށ،ް ތަރައްގީކުރުމާއި ޕީއެސްއެމް ކަނެކްޓުގެ އޯޓީޓީ ގިނަ ޗެނަލްތަކާއ،ި ވީޑިއޯ އޮން ޑިމާންޑް ހިދުމަތް މިވަގުތު މެދުކެނޑިފައިވުމާއެކު އަލުން މި ހިދުމަތް ފަށައިގަތުމާއި މިކަމާ ގުޅުންހުރި މަސައްކަތްތައް މިހާރު އަންނަނީ  ކުރަމުން ކަމުގައި މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޒީނާވަނީ ވިދާޅުވެފައެވެ. އަދި މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓްގެ ހިދުމަތް ފުޅާކޮށ،ް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ މިންގަނޑަށ،ް ތަފާތު ފަންތީގެ ކޯސްތަކާއި ތަމްރީނު ޕްރޮގްރާމުތައް ހިންގުމާއި ޚަރަދުތައް ކުޑަކޮށ،ް އާމުދަނީ އިތުރުކުރުމަށްޓަކައި ކުންފުނީގެ ބިމުގެ ވަސީލަތް މިހާރަށް ވުރެ ހަރުދަނާގޮތެއްގައި ބޭނުންކުރުން ވެސް މީގެ ތެރޭގައި ހިމެނެއެވެ.