1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ހާފިޒް ގެ އާއިލާއަށް ރައީސް ޑރ. މުއިއްޒުގެ ތައުޒިޔާ

އަހުމަދު ހާފިޒް
މަރްޔަމް ޝަފާ ސައީދު
264ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ކުޅިވަރާއި ތައުލީމަށާއި މަސްވެރިކަމަށް އެތަކެއް ގިނަ ހިދުމަތްތަކެއް ކުރެއްވި އަހުމަދު ހާފިޒް އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެެއްޖެއެވެ.

އެކްސް.ކޮމްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ރައީސް ވަނީ ދިވެހި ދައުލަތަށާއި އަދި ޕީޕީއެމް/ގެ އިތުރުން ރާއްޖޭގެ ކުޅިވަރަށް އަގު ނުކުރެވޭ ފަދަ ހިދުމަތްތަކެއް ކުރެއްވި ހާފިޒް އަވަހާރަވުމާ ގުޅިގެން މަރްހޫމްގެ އާއިލާއަށް ތައުޒިޔާ ފޮނުއްވާފައެވެ.

މ. ޒިޔާރަތްދޮށުގޭ 66 އަހަރުގެ ހާފިޒު ނިޔާވީ ކެންސަރުބަލީގައި ގާތްގަނޑަކަށް ނުވަ ވަރަކަށް އަހަރު ހޭދަކުރެއްވިފަހުން އައިޖީއެމްއެޗުގައި މިއަދުގެ ވަގުތެއްގައެވެ.

300 × 250

މަސްވެރިކަމުގެ ސިޔާސަތު ރޭވުމާއި މަސްވެރިކަމުގެ މައުލޫމާތުތަކަށް އާންމުން ހޭލުންތެރި ކުރުވުމުގެ ގޮތުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ހާފިޒު ވަނީ ރާއްޖޭގެ މެރިން ރިސާޗް ސެންޓަރު އުފެދުނީއްސުރެ އެ ތަނުގައި އިސް ދައުރެއް އަދާކުރައްވާފައެވެ.

މަސްވެރިކަމާ ގުޅޭ ގިނަ ލިޔުންތަކެއް އިނގިރޭސި ބަހުންނާއި ދިވެހި ބަހުން ލިޔުއްވި ހާފިޒު ގިނަ ދުވަސްތަކެއް ވަންދެން "ރަސްއައިން"ގެ އެޑިޓަރުކަންވެސް ކުރެއްވި އެވެ. ރާއްޖޭގެ ކަނޑުތަކުގައި އުޅޭ މަސްމަހާ ބެހޭ މައުލޫމާތު ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ހާފިޒުގެ ނަމާ ގުޅުވައިގެން މަހަކަށް "ހާފިޒް"ގެ ނަން ދިން ހަމައެކަނި ބޭފުޅަކީ ވެސް ހާފިޒެވެ.

ހާފިޒު ވަނީ ބާސްކެޓް ބޯޅަ އެސޯސިއޭޝަންގެ ރައީސްކަން ވެސް ކުރައްވާފައެވެ. ހަމައެހެންމެ ހާފިޒަކީ ކުޅިވަރާއި ތައުލީމަށް ވެސް ގިނަ ހިދުމަތްތަކެއް ކުރެއްވި ފަރާތެކެވެ. ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ހާފިޒު ވަނީ އަހުމަދިއްޔާ ސްކޫލަށް 20 އަހަރެއްހާ ދުވަހުހިދުމަތް ކުރައްވައި އެ ސްކޫލުގެ ސީނިއާ އެސިސްޓެންޓް ޕްރިންސިޕަލް ކަން ކުރައްވައިފައެވެ.

ދިރާގުގެ ބޯޑުގެ މެމްބަރުކަން ކުރެއްވުމުގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފިޝަރީޒް މިނިސްޓްރީގެ ނައިބުކަންވެސް ހާފިޒު ވަނީ ކުރައްވައިފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި