ހުޅުމާލޭގައި ކާރަކުން ޖެހި އަނިޔާވި އަންހެނަކަށް ފަރުވާ ދޭން ފަށައިފިއެވެ.

ފުލުހުން ބުނީ ހުޅުމާލެ ރީތި ގަސްމަގު ކަރެކްޝަނަލް ސާރވިސަސް ކައިރި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު މިއަދު ހަވީރު 16:40 އެހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އަދި މި އެކްސިޑެންޓްގައި އަނިޔާވި 35 އަހަރުގެ އަންހެން މީހާއަށް ޓުރީޓޮޕް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.

މި އެކްސިޑެންޓްގައި ހިމެނޭ ކާރާއި ސައިކަލަށް ވެސް އެކިވަރުގެ ގެއްލުނަ ލިބިފައިވާއިރު ކާރު ދުއްވި މީހާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.