މާލެއަށް ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލައަށް ވަގުތީ ޙައްލެއް ހޯދުމުގެ ގޮތުން ކުރިއަށް ގެންދާ މަޝްރޫޢުގެ މަސައްކަތުގެ ދަށުން، ހަވީރީ ހިގުމާއި ކަނބާ އައިސަރަނި ހިނގުން ގުޅޭ ސަރަހައްދާއި ވެސްޓްޕާކް ސަރަހައްދު ބަންދުކޮށް، އެމަގުތަކުގެ ކަނެކްޝަންތައް ކަލްވަރޓް ލައިނާއި ގުޅާލުމުގެ މަސައްކަތް ނިންމާ، ބޮޑުތަކުރުފާނުމަގު ހުޅަނގު ކޮޅާއި ހަމައަށް ކަލްވަރޓް ލައިންގެ ކާސްޓިންގގެ މަސައްކަތް ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން ،އާރުޑީސީ ނިންމާލައިފިއެވެ.
އެ ކުންފުނިން ބުނީ ބިމުގެ އަޑިން ހަދާ ކަލްވަރޓް ލައިންގެ ކާސްޓިންގގެ މަސައްކަތް ސައިޓުގައި ކުރިއަށް ގެންގޮސް އެ މަސައްކަތްވެސް މިހާރު ވަނީ ނިންމާލެވިފައ ކަމަށާއި ހަވީރީ ހިގުމާއި ބޮޑު ތަކުރުފާނުމަގާއި ކަލްވަރޓްއާ ގުޅުވާލަދޭ ޖަންކްޝަންތަކުގެ މަސައްކަތްވެސްވަނީ ނިމިފައި ކަމަށެވެ.
މި ގޮތުން ބޮޑުތަކުރުފާނު މަގާއި ހަވީރީ ހިގުމާއި ކަނބާ އައިސަރަނި ހިނގުން ގުޅޭ ސަރަހައްދާއި ވެސްޓްޕާކް ސަރައްދުން ފެންޖަމާކުރާ ޓޭންކްތައް ބެހެއްޓުމުގެ މަސައްކަތްތައް ވަނީ ކޮށްފައެވެ . އަދި މިރޭގެ ވަގުތެއްގައި ބޮޑުތަކުރުފާނުމަގާއި ހަވީރީ ހިގުން ގުޅޭ ސަރަހައްދު ބަންކޮށް މި މަޝްރޫޢުގައި ހިމެނޭ ބައެއް މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް އަންނަނީ ތައްޔާރު ވަމުން ކަމަށް އާރުޑީސީން ބުނެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.