1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ގޭގެއާއި އުޅަނދުތަކުގައި ހިނގާ ކަންކަން ފުލުހުންނަށް ސިއްރުން ބެލޭފަދަ ގަވާއިދެއް ހަދައިފި

181331_3_0ea7cc182a307b2a3f9b9ee52a4a310c779e08d9_medium
ހުވަދޫ ނިއުސް ޓީމް
532ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ގޭގެއާއި އުޅަނދުތަކުގައި ކެމެރާ ހަރުކޮށްގެން ބެލުމާއި ދައްކާ ވާހަކަ އަޑުއެހުމާއި ތުހުމަތު ކުރެވޭ މީހުން އުޅޭ ނޫޅޭ ގޮތް ބަލައި މޮނިޓާ ކުރުމުގެ ބާރު ފުލުހުންނަށް ލިބޭ ފަދަ ގަވާއިދެއް ހަދައިފިއެވެ.

ފުލުހުންގެ ގާނޫނުގެ ދަށުން މިއަދު އާންމުކޮށް އަމަލުކުރަންފެށި ތަހުގީގު ކުރުމުގެ ހާއްސަ އުކުޅު ބޭނުންކުރުމުގެ ގަވާއިދުގައި ބުނާގޮތުން މައްސަލައެއްގައި ތުހުމަތު ކުރެވޭ މީހުން އުޅޭނޫޅޭ ގޮތް ބެލުމަށް އެމީހުން ސިއްރުން މޮނިޓާ ކުރުމާއި ގޭގެ އާއި އުޅަނދުތަކުގައި ކެމެރާއާއި އެހެންވެސް ވަސީލަތްތައް ހަރުކޮށްގެން އެމީހުން ދައްކާ ވާހަކަ އަޑުއެހުމާއި ބެލުމުގެ އިތުރުން މުވާސަލާތީ ހުރިހާ ވަސީލަތްތަކެއް ބެލުމުގެ ބާރާއި ކުށް ކުރަނިކޮށް އަތުލައިގަތުމަށްޓަކައި ސްޓިން އޮޕަރޭޝަން ހިންގުމުގެ ބާރުވެސް ފުލުހުންނަށް އޮންނާނެއެވެ.

އޭގެ އިތުރުން ތުހުމަތު ކުރެވޭ މީހާކާ ގުޅުމެއް އުފައްދައިގެން އޭނާއާ ސުވާލުކޮށް މައުލޫމާތު ހޯދުމާއި އެހެން މީހަކަށް ހެދިގެން މުއާމަލާތު ކުރުން ފަދަ ކަންކަން އެގަވާއިދުގެ ދަށުން ކުރެވޭނެއެވެ، ނަމަވެސް އެބާރުތައް ފުލުހުންނަށް ބޭނުން ކުރެވޭނީ ގައުމީ ސަލާމަތާއި ގުޅުންހުރި ކަންކަމާއި ޖިނާއީ ބޮޑެތި ކުށްތަކުގެ މަސައްލަތަކުގައި ކަމަށްވެސް އެގަވާއިދުގައި ބަޔާން ކޮށްފައިވެއެވެ.

300 × 250

މިއަދު އަމަލުކުރަން އެކުލަވާލި ގަވާއިދުގައިވާ ގޮތުން ގޭގެއާއި އުޅަނދުތަކުގައި ކެމެރާއާއި އެހެނިހެން ވަސީލަތްތައް ހަރުކުރުމާއި މުއާސަލާތީ ވަސީލަތްތައް އަޑުއެހުމާއި ބެލުން ފަދަ ކަންކަން ކުރެވޭނީ ކޯޓު އަމުރެއްގެ ދަށުންނެވެ. ނަމަވެސް މޮނީޓާ ކުރުމާއި އޮޅުވާލައިގެން މުއާމަލާތު ކުރުމާއި ސްޓިންގ އޮޕަރޭޝަން ހިންގުމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮޕް ޕޮލިސް ނުވަތަ އެއަށްވުރެ މަތީ ރޭންކުގެ އޮފިސަރެއްގެ ހުއްދަ ލިބިގެން އެކަން ކުރެވޭނެ ކަމަށްވެސް އެގަވާއިދުގައި ވެއެވެ.

އެ ގަވާއިދު ބުނާގޮތުން އެގޮތަށް ހޯދާ ހެކިތައް ޝަރީއަތަށް ވެސް ހުށަހެޅިދާނެ އެވެ. އެކަމަކު އެފަދަ ހެކިތައް ހުށަހަޅަން ޖެހޭނީ ހެކި ހޯދުމުގައި ހަރަކާތްތެރިވި މީހުން ހާމަ ނުވާނެ ފަދަ ގޮތަކަށް ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ.

އެފަދަ ބާރުތައް ބޭނުން ކުރުމުގައި ފުލުހުން އަމަލުކުރާ ގޮތް ބެލުމަށް ޚާއްސަ ކޮމެޓީއަކަށް ހުށަހެޅޭ ގޮތަށް އެ ގަވާއިދުގައިވެ އެވެ. އެގޮތުން މީހަކާ ދެކޮޅަށް އެފަދަ އޮޕަރޭޝަނެއް ހިންގާ ކަމަށް ޝައްކު ކުރެވޭ ނަމަ، އެ ކޮމެޓީއަށް އެ މީހަކަށް އެ ޝަކުވާ ހުށަހެޅިދާނެ ކަމަށް އެ ގަވާއިދުގައިވެ އެވެ. އަދި އެ ފުލުހުން އެ ބާރު ބޭނުން ކުރަނީ ގާނޫނާ އެއްގޮތަށް ކަން ނުވަތަ ނޫންކަން ނިންމުމާއި އޮޕަރޭޝަން ހުއްޓާލަން އެންގުމުގެ ބާރު ވެސް އެ ކޮމެޓީއަށް އޮންނާނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.

ފޯން ކޯލް އަޑުއެހުމާއި މަސްތުވާތަކެތީގެ މައްސަލަތަކުގައި ކުށުގެ ތުހުމަތު ކުރެވޭ މީހުން ހެއްކާ އެކު އަތުލައިގަތުމަށްޓަކައި ޚާއްސަ އޮޕަރޭޝަންތައް ހިންގުމުގެ ބާރު ފުލުހުންނަށް ކުރިން ވެސް އޮވެ އެވެ. އެކަމަކު ގޭގެ އާއި އުޅަނދުތަކުގައި ކެމެރާ ހަރުކޮށްގެން އަޑުއެހުމާއި ބެލުމުގެ ބާރު ފުލުހުންނަށް ކުރިއަކުން ނޯވެ އެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި