މާލެއިން ށ އަތޮޅަށް މުދާ ހިފައިގެން ދަތުރުކުރި ބޯޓެއް ފަޅައިގެން ގޮސް އަޑިއަށް ނގައްޖެއެވެ.
އެމްއެންޑީއެފް އިން މައުލޫމާތު ދިން ގޮތުން އަޑިއަށް ގޮސްފައިވަނީ "އުޅިއަށި" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެކެވެ.
ބޯޓު އަޑިއަށް ދިޔައީ ބިލެތްފަހީ ނެރުން ވަންނަން އުޅުމުގެ ތެރޭގައި އޮއިވަރެއްގައި ޖެހި، ނެރުގެ ހުޅަނގުފަރާތު ހިލަތަކުގައިޖެހި ފަޅައިގެން ދިޔުމުގެ ސަބަބުންނެވެ.

ބޯޓުން ތަކެތި އެއްގަމަށް އެރުވުމުގެތެރެއިން
މި ބޯޓު ދިޔަވާން ފެށުމާއެކު ބޯޓު ވަނީ ބަނދަރަށް ގާތް ކޮށްފައި ބަނދަރަށް ގާތްވިއިރު އޮތީ ބޯޓުގެ ބޮޑުބައި އޮތީ އަޑިއަށް ގޮސްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ބޯޓު އަޑިއަށް ގޮސްފައިވަނީ ގިނަ އަދަދެއްގެ މުދަލާވެސް އެކުގައެވެ.
އެމްއެންޑީއެފް އިން ބުނީ ބޯޓަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުޅުދުއްފުށީގައި ތިބި ސިފައިން ދަތުރު ކުރަމުންދާ ކަމަށެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.