ފުވައްމުލަކު ސިޓީގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް މިއަދު ހިނގައިފިއެވެ. އެމްއެންޑީއެފުން މައުލޫމާތު ދީފައިވާ ގޮތުގައި އަލިފާން ރޯވީ ފުވައްމުލައް ސިޓީ، ދިގުވާޑް އަވަށު "ގެރަދޫގެ" ބަދިގޭގައި ހުރި ހުޑެއްގައެވެ. މިއަލިގފާންގަނޑު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސިފައިން ނިއްވާލާފައިވާ ކަމަށްވެސް މައުލޫމާތު ވަނީ ލިބިފައެވެ. މި އަލިފާން ރޯވިކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބުނީ މިއަދު ހެނދުނު 06:40 ހާއިރެވެ. އެ ސަރަހައްދަށް ގޮސް، އަލިފާން ނިއްވުމުގެ މަސައްކަތް އެމްއެންޑީއެފުން ވަނީ ކޮށްފައެވެ. އެމްއެންޑީއެފުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވިފައިވަނީ 6:48 ހާއިރު ކަމަށް ވެއެވެ.

މި ހާދިސާގައި އެެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.