ބިންވެރިޔާ ސްކީމުގެ ދަށުން މާލޭގެ ރައްޔިތުންނަށް ދޫކުރާނެކަމަށް ބުނެ ލިޔުން ދިން ގޯތިތައް ތިން މަސް ދުވަހުގެ ތެރޭގައި ހަވާލުކުރަން ލާޒިމްކުރާ ބިލު ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފި އެވެ.
ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއިލް ނަސީމް ވަނީ 19 ވަނަ މަޖިލިސް ނިމުމުގެ ކުރިން، ބިންތައް ރައްޔިތުންނާއި ހަވާލުކުރަން ދޭ މުއްދަތަކީ 3 މަސްދުވަސް ކަމަށް ކަނޑައެޅުމަށް ގާނޫނަށް އިސްލާހު ގެންނަން ބިލެއް ހުށަހަޅުއްވައިފަ އެވެ.
މިމައްސަލައިގެ ބަހުސް ކުރިއަށް ގެންގޮސް މިއަދު ވަނީ އެބިލު ކޮމިޓީއަށް ފޮނުވަން ފެނޭތޯ ވޯޓަށް އަހައިފަ އެވެ.
އެގޮތަށް ނުފެންނަ ކަމަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 88 މެންބަރުންގެ ތެރެއިން 75 މެންބަރުން ވޯޓު ދެއްވި އިރު ކޮމިޓީއަށް ފޮނުވަން 12 މެންބަރުން ވޯޓު ދެއްވިއިރު އެއް މެންބަރަކު ވަކި ކޮޅަކަށް ވޯޓު ދެއްވާފައި ނުވެއެވެ.
މީކާއީލް ހުށަހެޅުއްވި މި ބިލު 19 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ތަސްދީގުކުރުމަށް ޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުވި އެވެ. އެހެންނަމަވެސް ފަހުން ރައީސް މުއިއްޒު ވަނީ އެ ބިލު ތަސްދީގު ނުކޮށް އަނބުރާ މަޖިލީހަށް ފޮނުވައިފަ އެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.