ހުޅުލެ ނެރުކައިރިން ދެ ލޯންޗު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހަތް މީހަކަށް އަނިޔާވެއްޖެއެވެ.

މެރިން ޕޮލިސް އިން ބުނީ، މިރޭ 11:00 ހާއިރު ހުޅުލެ ނެރުކައިރިން ދެ ލޯންޗު ޖެހި އެކްސިޑެންޓު ވުމާއި ގުޅިގެން މެރިން ޕޮލިސް އެ ތަނުގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައި ހަތް މީހަކަށް އެކިވަރުގެ އަނިޔާތައް ވެފައިވާކަމަށްވެސް މެރިން ޕޮލިސް ބުންޏެވެ. އަދި އެމީހުން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުން ގެންދާކަމަށްވެސް ބުނެފައިވެއެވެ.

މިހާދިސާ މެރިން އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.