ރޯޑު ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އާރުޑީސީ)ގެ ބިނާވެހި ޕްރޮގްރާމުގެ ފުރަތަމަ ބުރު މިއަދު ނިންމާލައިފިއެވެ. ކޯއޮޕަރޭޓިވް އެޑިއުކޭޝަން ބިނާވެހި މި ޕްރޮގްރާމަކީ ސާނަވީ އިމްތިހާނަށްފަހު މަތީ ސާވަނީ ތަޢުލީމު ފެށުމާއި ދޭތެރޭ ނުވަތަ މަތީ ޠާނަވީ އިމްތިހާނަށްފަހު ކޮލެޖްތަކުގައި ކިޔަވަމުންދާ ދަރިވަރިވަރުންނަށް ނުވަތަ ތަޢުލީމު ދޭ މަރުކަޒުތަކަށް ހާޒިރުނުވާ ފަރާތްތަކަށް އެކި ދާއިރާތަކުން މަސައްކަތުގެ ހުނަރާއި ތަމްރީނު އަދި ތަޖުރިބާ ހުރި ފަރާތްތަކާއެކު މަސައްކަތް ކުރުމުގެ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން އާރް.ޑީ.ސީން ހިންގާ ޕްރޮގްރާމެކެވެ.

އާރް.ޑީ.ސީގެ ފުރަތަމަ ބިނާވެހި ޕްރޮގްރާމްގައި ޖުމްލަ 11 ބައިވެރިން ބައިވެރިވެއެވެ. މި ޕްރޮގްރާމްއަކީ 6 މަސް ދުވަހަށް ކުރިއަށްގެންދާ ގޮތަށް ރޭވިފައި އޮތްނަމަވެސް ފުރަތަމަ ބުރުގެ މުއްދަތު 9 މަސް ދުވަހަށްވަނީ އިތުރުކޮށްފައެވެ. އަދި މި ޕްރޮގްރާމް ފުރިހަމަކޮށްފައިވަނީ 5 ދަރިވަރެކެވެ. މި ޕްރޮގްރާމްގައި ބައިވެރިވި ކޮންމެ ފަރާތަކަށް 5000 ރުފިޔާގެ އެލަވެންސެއް ދީފައިވެއެވެ. ޖުމްލަ ގޮތެއްގައި މި ޕްރޮގްރާމްގައި ޚާއްސަ ކުރެވިފައިވަނީ 16-21 އަހަރުގެ ކުދިންނަށެވެ. މި ޕްރޮގްރާމްގެ މަޤްސަދަކީ މަސައްކަތުގެ މާހައުލަށް ދަރިވަރުން ހާނުވައި، މަސައްކަތުގެ މާހައުލަށް ނިކުންނަންވާއިރަށް ދާއިރާގައި ތަޖުރިބާ ހުރި ފަރާތްތަކާއެކު މަސައްކަތް ކުރުމުގެ ފުރުޞަތު ހޯދައިދިނުމެވެ.

https://twitter.com/rdcmaldives/status/1798308653554139173

ޕްރޮގްރާމްގެ ބައިވެރިންނަށް ތަޖުރިބާ ކުރެވުނު ދާއިރާތައް ފުރަތަމަ ބުރުގެ ބައިވެރިންނަށް ތަފާތު 12 ދާއިރާއަކުން ތަރުޖިބާ ހޯދުމުގެ މަގު ފަހިކޮށްދެވުނެވެ. އެގޮތުން އެކޮމަޑޭޝަން ފެސިލިޓީ މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، ސެކިއުރިޓީ އެންޑް ސޭފްޓީ، އިންވެންޓްރީ، އައި.ސީ.ޓީ، ލޮޖިސްޓިކްސް، ޕްރޮޑަކްޝަން، އެޗް.އާރ، ޕްރޮޖެކްޓް މެނޭޖްމަންޓް، ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން، ސޭލްސް އެންޑް މާކެޓިންގ، ޕަބްލިކް ރިލޭޝަންސް ހިމެނެއެވެ. މީގެ އިތުރުން ވެސް މަސައްކަތްތަކަށް އަހުލުވެރިވުމަށް ފީލްޑް ޓްރިޕް ދިއުމާއި، މި ކޯޕަރޭޝަނަށް ފުރުސަތު ލިބޭ އެކިއެކި ތަމްރީން ޕްރޮގްރާމް ތަކުގައި ބައިވެރި ވުމުގެ ފުރުސަތު ދެވިފައި ވާނެއެވެ.