1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ސަރުކާރުގެ ހަރަދުގައި ހައްޖަށް ގެންދެވޭ މީހުންގެ ފުރަތަމަ ބެޗު މާދަމާ ފުރާނެ

7jk
ޖޫން 7 އަދި 10 ގައި ހައްޖަށްދާ ފަރާތްތަކާއި ބައްދަލުކުރެއްވުން-- ފޮޓޯ: ވަޒީރު
މަރްޔަމް ޝަފާ ސައީދު
459ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ދައުލަތުގެ ހަރަދުގައި, މި އަހަރު ހައްޖުގެ އަޅުކަން އަދާކުރަން ފޮނުވާ މީހުން މާދަމާ ފުރާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިކަން ހާމަކޮށްފައި ވަނީ އެކްސް.ކޮމްގައި ޝަހީމް މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓުގައި ޑރ ޝަހީމް ވިދާޅުވީ، ސަރުކާރުގެ ހަރަދުގައި ހައްޖަށް ގެންދެވޭ މީހުންގެ ފުރަތަމަ ބެޗު މާދަމާ ފުރާނެ ކަމަށެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުގެ ދަށުން ހައްޖަށް ގެންދެވޭ މީހުންގެ ފުރަތަމަ ބެޗުގައި ހިމެނެނީ ފަންސާސް މީހުންނެވެ. މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

300 × 250

މިދިޔަ ހުކުރު ދުވަހު ހައްޖު ކޯޕަރޭޝަންގެ ފަރާތުން މި އަހަރު ރާއްޖޭން ހައްޖަށް ދާ ފުރަތަމަ ގުރޫޕް ވަނީ ފުރައިފައެވެ. އަދި ދެވަނަ ބެޗް މިދިޔަ ހޯމަ ދުވަހު އަދި ފަހު ބެޗް މާދަމާ ފުރާނެއެވެ. މި އަހަރު ރާއްޖެއިން 980 މީހަކު ހައްޖަށް ދެއެވެ.

"ދައުލަތުގެ ބެލުމުގެ ދަށުން ހިލޭ ފަރުޟު ހައްޖަށް މީހުން ގެންދާނެ ގޮތުގެ އުސޫލު" ގައި ބަޔާންކޮށްފައިވާ ގޮތުގައި ދައުލަތުގެ ހަރަދުގައި ހައްޖުގެ އަޅުކަން އަދާކުރުމަށް ދެވޭނީ އުމުރުން 69 އަހަރު ނުވާ މީހުންނަށެވެ. މީގެ އިތުރުން ވެސް ދައުލަތުގެ ހަރަދުގައި ހައްޖުގެ އަޅުކަމަށް ދެވޭނެ ފަރާތްތަކަށް ވަކި އުސޫލުތަކެއް ކަނޑައަޅާފައިވެއެވެ.

  • އުސޫލުގެ ދަށުން އެ އަހަރަކު ހައްޖަށް ގެންދާނެ މީހުން ހޮވުމުގެ ކުރިން، އެންމެ ފަހުން މުދަލު ޒަކާތް ބަހައިފައިވާ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ހިމެނިފައިވާ މީހުން
  • ފަރުޟު ހައްޖުގެ އަޅުކަން އަދާކޮށްފައިނުވާ މީހުން
  • އެ އަހަރަކަށް އިއުލާނު ކުރާ އުމުރުފުރާއަށް ފެތޭ މީހުންނަށް
  • ހައްޖުގެ އަޅުކަން އަދާކުރެވޭ ފަދަ ސިއްހީ ހާލަތެއްގައި ހުރި މީހުން
  • މީލާދީގޮތުން އުމުރުން 69 އަހަރު ފުރިފައި ނުވާ މީހަކަށްވުން

އުސޫލުގައިވާ ގޮތުން ހައްޖަށް ގެންދިއުމަށްޓަކައި އެ އަހަރަކަށް ކަނޑައަޅާފައިވާ އުމުރުފުރާއަށް ފެތޭ ފަރާތްތައް ނަގާނީ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުންނެވެ.

ރައީސްގެ ވައުދުފުޅުގެ ދަށުން ހައްޖަށް ފޮނުވާ މީހުން ކަނޑައަޅަނީ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީކޮށްފައިވާ މީހުންގެ މެދުގައި ގުރުއަތު ލައްވައިގެން، ރައީސުލްޖުމްހޫރިއްޔާގެ ލަފާގެ މަތީން، އިސްލާމިކް މިނިސްޓަރެވެ. ފަގީރުންގެ ދަފުތަރުގައި އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ 982 މީހުން ތިބި އިރު މަތީގައިވާ ޝަރުތު ހަމަވަނީ 667 މީހުންގެ އެވެ. ދައުލަތުގެ ހަރަދުގައި ހައްޖަށް ގެންދާ މީހުންނަށް އެތެރޭގެ ދަތުރު ފަތުރުތަކުގެ ހަރަދާއި މާލޭގައި ހުރުމުގެ ހަރަދު ވެސް ހަމަޖައްސައިދޭނެއެވެ. ކުރިއަށް އޮތް 5 އަހަރު ދުވަހަށް ބަހާލައިގެން 1000 ފަގީރުން ހިލޭ ހައްޖަށް ފޮނުވުމަށް ނިންމާފައިވާފައިވާއިރު މިއީ ރައީސް މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ކަމެކެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި