ފޮނަދޫ ދާއިރާގެ މެމްބަރު ޢަބްދުއްރަޙީމް ޢަބްދުﷲ، އަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ލިބިވަޑައިގަތުމަށްފަހު ފުރަަތަމަ ފަހަރަށް ފޮނަދޫއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާއިރު، އުފާފާޅު ކުރުމުގެ ގޮތުން މާދަމާ ރޭ އެރަށުގައި ހަވާ އެރުވުމަށް ނިންމައިފިއެވެ.

މާދަމާ ރޭ ފޮނަދޫގައި ހަވާ އެރުވުމުގެ ތައްޔާރީތައް ވަމުންދާ ކަމަށާއި މާދަމާ އަބްދުއްރަޙީމް، ލާމު އަތޮޅަށް ވަޑައިގަތުމަށް ހަމަ ޖެހިފައިވާތީ، އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ކިޔުމަށް، ޕީއެންސީގެ ސަޕޯޓަރުން ދަނީ ތައްޔާރުވުމުންކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

އެގޮތުން ހަވާ އެރުވުމުގެ އިތުރުން ލާމު އަތޮޅު ރައްޔިތުންނަށް ޚާއްޞަ ބޮޑުކޭމެއް ވެސް އެރުވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ ލާމު އަތޮޅަށް ވަޑައިގަންނަވާނީ މާދަމާ ހަވީރުގެ ވަގުތެއްގައެވެ.