ރ. އުނގޫފާރުގައި ކަރަންޓު ޖެހި ހާލު ސީރިއަސްވެ އިތުރު ފަރުވާއަށް މާލެ ގެނައި އަތީކް ނިޔާވެއްޖެއެވެ.

އައިޖީއެމްއެޗުން މައުލޫމާތު ލިބިފައިވާ ގޮތުގައި އަތީކް ނިޔާވީ މިއަދު 10:30 ހާއިރު އެވެ.

18 އަހަރުގެ ހުސެއިން އަތީކް، ކަރަންޓު ޖެހުނީ 23 މެއި، ބުރާސްފަތި ދުވަހު އެ ރަށު ޕާކު ސަރަހައްދުގައި ފެންހެދިފައިވާ ސަރަހައްދެއްގައި ކުޅެން އުޅުނު ކުއްޖަކަށް ކަރަންޓު ޖެހުމުން އެ ކުދިން ސަލާމަތް ކުރަން އުޅުމުގެ ތެރޭގައެވެ. ކަރަންޓުގައި ޖެހުނު ކުއްޖާ ވަނީ ފަރުވާއަށް ފަހު ދޫކޮށްލައިފައެވެ. އުނގޫފާރު ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް އަތީކް މާލެ ގެނައީ މިދިޔަ މަހުގެ 25 ވަނަ ދުވަހުގައެވެ. ފަރުވާ ދެމުން ދިޔައީ ވެންޓިލޭޓަރުގައެވެ.