1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ހައްޖުގެ އަޅުކަމަށް 1.2 މިލިއަނަށްވުރެ ގިނަ މީހުން ސައުދީ އަރަބިއްޔާ އަށް ގޮސްފި

JAH
މިއަހަރުގެ ހައްޖުގެ އަޅުކަމަށް 1.2 މިލިއަނަށް ވުރެ ގިނަ މީހުން އެގައުމަށް ގޮސްފައިވޭ....ފޮޓޯ:ހައްޖުއިމޭޖަސް
މަރްޔަމް ޝަފާ ސައީދު
234ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މިއަހަރުގެ ހައްޖުގެ އަޅުކަމަށް 1.2 މިލިއަނަށް ވުރެ ގިނަ މީހުން އެގައުމަށް ގޮސްފައިވާކަމަށް ސައުދީ އަރަބިއްޔާގެ ހައްޖު އެންޑް އުމްރާ މިނިސްޓްރީން ބުނެފިއެވެ.

ސައުދީ ގެ ހައްޖު އެންޑް އުމްރާ މިނިސްޓަރު ތައުފީގު އަލް ރާބިއާ ވިދާޅުވި ގޮތުގައި މިއަހަރުގެ ހައްޖު މޫސުމަށް ތައްޔާރުވުމުގެ ގޮތުން ހައްޖު ޕްރޮޖެކްޓްސް އޮފީހުން ދައުލަތުގެ 50 އަށް ވުރެ ގިނަ އިދާރާތަކާ ގުޅިގެން 2،600 ތަނެއްގައި 300 މަސައްކަތް ފުރިހަމަކޮށްފައިވާ ކަމަށް އެވެ.

މިދިޔަ އަހަރުގެ ހައްޖުގެ އަޅުކަން ނިމުނު ފަހުން އަލް ރާބިއާ އާއި އޭނާގެ ޓީމު 11 ގައުމަކަށް ޒިޔާރަތްކޮށް ހައްޖުވެރިންނަށް އެހީވެ، ގޮންޖެހުންތައް ހައްލު ކުރުމަށް މަޝްރޫއުތަކަށް އިންވެސްޓް ކުރުމާ ބެހޭ ގޮތުން މަޝްވަރާކޮށްފައިވެއެވެ.

300 × 250

އަލް ރާބިއާ ވިދާޅުވީ 250،000 ހައްޖުވެރިން މައްކާ ރޫޓު ބޭނުންކޮށްފައިވާކަމަށެވެ. އަދި ހަތް ގައުމެއްގެ 11 އެއާޕޯޓަކުން ދަތުރުކުރާ މީހުންނަށް އެމީހުންގެ އަމިއްލަ އެއާޕޯޓުތަކުގައި ސައުދީ އަރަބިއްޔާއަށް އެތެރެވުމުގެ ރަސްމީ ކަންކަން ފުރިހަމަކޮށްފައިވާ ކަމަށާއި އޭގެ ސަބަބުން މައްކާ އާއި މަދީނާއަށް ދިއުމަށް ސީދާ މަގެއް ލިބިގެންދާނެ ކަމަށްވެސް އަލްރާބިއާ އިން ވިދާޅުވިއެވެ.

އެ ހަތް ގައުމަކީ ޕާކިސްތާން، މެލޭޝިއާ، އިންޑޮނޭޝިއާ، މޮރޮކޯ، ބަންގްލަދޭޝް، ތުރުކީ އަދި އައިވަރީ ކޯސްޓް އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ބަޔަކު ހައްޖުގެ އަޅުކަމަށް މައްކާއަށް ޖަމާވެފައިވާއިރު، މި ހައްޖު ދުވަސްވަރު ފިނިހޫނުމިން 44 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް ދާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފަ އެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި