1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އައްޑޫސިޓީގައި ގާމެންޓް ފެކްޓަރީއެއް އަޅަން ބީސީސީއަށް ބިން ދޫކޮށްފި

addyu
އައްޑޫ ގާމެންޓް ފެކްޓަރީ އަޅަން ބީސީސީއަށް ބިން ދޫކުރުމަށް އެއްބަސްވުން
މަރްޔަމް ޝަފާ ސައީދު
364ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އައްޑޫ ސިޓީގައި ހަދަން ނިންމާފައިވާ ގާމެންޓް ފެކްޓަރީ އަޅަން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)އަށް ބިން ދޫކޮށް، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ބީސީސީއަށް ގާމެންޓް ފެކްޓްރީ ގާއިމް ކުރުމަށް ބިން ކުއްޔަށް ދޫކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.

ގާމެންޓް ފެކްޓަރީ އާއި އެކު އައްޑޫގެ އުފެއްދުންތަކަށް ހާއްސަ ޕެކޭޖިން ފެސިލީޓީއެއް ވެސް އައްޑޫގައި ހަދަން ވަނީ ނިންމައިފަ އެވެ. އެ ދެ ތަން ހަދަން ނިންމާފައި ވަނީ ހިތަދޫ ސްޓޭޑިއަމް ކުރިމަތިން ކަހަލަ ގޮތަކަށް ހިއްކާފައި އޮތް ސަރަހައްދުގަ އެވެ.

300 × 250

މިއީ ވޯލްޑް ބޭންކްގެ އެހީގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ މަޝްރޫއުތަކެވެ.

އައްޑޫ އަކީ ކުރިން ވަރަށް ފުޅާކޮށް ގާމެންޓް ފެކްޓަރީ ހިންގި ތަނެކެވެ. އެގޮތުން ސްރީ ލަންކާގެ ކުންފުނިތަކަކުން އަހަރުތަކެއް ވަންދެން ގަމުގައި ފެކްޓަރީތަކެއް ހިންގި އެވެ. އައްޑޫސިޓީ ގަމުގައި ގާމެންޓް ފެކްޓަރީތައް ހުރި ދުވަސްތަކަކީ އެ ސިޓީގެ ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތު ތަނަވަސްވެގެން ދިޔަ ދުވަސްތަކެކެވެ.

އެތަކެއް އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިންގެ އިތުރަށް އެތަކެއް ގިނަ ދެ ޖިންސުގެ ޒުވާނުންނަށްވެސް އާމްދަނީ ހޯދުމަށް އޮތް ނުހަނު ފަހި ފުރުސަތަކަށް ވި ގާމެންޓް ފެކްޓަރީތައް ބަންދު ކުރުން ވެގެން ދިޔައީ މުޅި އައްޑޫސިޓީގެ ވަކިން އޮތް ދެރަށާއި ގުޅިފައި އޮތް ރަށްތަކުގެ ރައްޔިތުންނަށްވެސް ލިބުނު ނުފިލާ ހިތާމައަކަށެވެ. މިއަދުވެސް އޭރުގެ ފެކްޓަރީތަކުން ފަހަން އެނގުނު ފަރާތްތައް ފެހުމުގެ މަސައްކަތުން އާމްދަނީ ހޯދާކަން ފާހަގަކޮށްލަމެވެ. ހަމައެހެންމެ މިއަދުވެސް އެ ގާމެންޓް ފެކްޓަރީތައް މަތިން ހަނދާން ކުރާ މީހުން ގިނައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި